Ad

ވަންދޫ އައިސްޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮއްފި

ތ. ވަންދޫ އައިސްޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮއްފިއެވެ.

އިރުވަރު އޮންލައިނަށް މަޢުލޫމާތު ދެމުން ވަންދޫ "ސީސީއައިއޭ އައިސް ޕްލާންޓް" ގެ މެނޭޖަރު މުޙައްމަދު އިނާޒު ބުނީ މިހާރު އައިސްޓަނެއް ވިއްކަނީ 900 ރުފިޔާއަށް ކަމަށެވެ.

"އަޅުގަނޑުމެން ކުރިން އައިސްޓަނެއް މި ވިއްކީ 1200 ރުފިޔާއަށް. އޭގެ ފަހުން 1000 ރުފިޔާއަށް ވެސް ވިއްކިން. މިހާރު މި ވިއްކަނީ އައިސްޓަނެއް 900 ރުފިޔާއަށް. ތެލުގެ އަގު ބޮޑުވި ނަމަވެސް މަސްވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އައިހުގެ އަގު މި ހެޔޮކޮށްލީ. ވިޔަފާރިއަކަށްވުރެ ބޮޑަށް މަސްވެރިންނަށް ޚިދުމަތެއް ދެވޭތޯ މި ބަލަނީ. އައިސް ގަތުމަށް 7446498، 7942324, މި ނަމްބަރުތަކަށް ގުޅުއްވުން އެދެން،" މުޙައްމަދު އިނާޒު ބުންޏެވެ.

މި ޕްލާންޓަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ "ސީސީއައިއޭ" އިން ޤާއިމް ކުރި އައިސްޕްލާންޓެކެވެ. ޖުމްލަ 6 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޤާއިމްކުރި މި ޕްލާންޓަކީ ދުވާލަކަށް 30 ޓަނު އުފެއްދޭ އައިސް ޕްލާންޓެކެވެ. މި ޕްލާންޓްގެ ޚިދުމަތް ދޭން ފެށުމުން ވަންދޫގެ މަސްވެރިންގެ އިތުރުން އަތޮޅުގެ މަސްވެރިންނާއި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މީގެ ފައިދާ ކުރާނެކަމަށް މެނޭޖަރު ވިދާޅުވިއެވެ. މި ޕްލާންޓްގެ ޚިދުމަތްދޭން ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

އިނާޒް ބުނީ މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *