Ad

500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ރައީސްގެ ވިސްނުންފުޅެއް: މިނިސްޓަރ ފައްޔާޟް

500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ކޮންމެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ އާބާދީގައި 500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅެއްކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ މަޝްވަރާތައް ބީއެމްއެލްއާއެކު ކުރެވެމުންދާކަމަށާއި، މިކަމަށް މަޝްވަރާކުރުމަށް ބީއެމްއެލްގެ ބޯޑު ބައްދަލުވުުމެއް މިހަފްތާގައި އޮންނާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަހަރު ނިމޭއިރު ގިނަ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށޭނެކަމަށެވެ.

"އަޅުގަނޑުމެން ބީއެމްއެލްއަށް ހުށައަޅައިގެން މިއުޅެނީ. އެކަން ކުރިއަށްދާނެ. މި ހަފްތާގައި ބީއެމްއެލްގެ ބޯޑު މީޓިން އެބައޮތް އެކަމަށް މަޝްވަރާކުރުމަށް. އަދި މިއަހަރު ތެރޭގައި ގިނަ ރަށްތަކުގައި އެކަން ކުރެވޭނެ. އަދި ކައިރި މުސްތަޤްބަލެއްގައި މި ރަށުގައިވެސް އެކަންކުރެވޭނެ. އެއީ މިސަރަހައްދަކީ ރިސޯޓްތައްވެސް ގިނަ އަތޮޅެއްވީމަ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *