Ad

ޕޮލިސް ކޮމިޝަަނަރ ޙަމީދު ފުލުހުންގެ ބޯޑަށް ހާޒިރުވަން އަންގައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތަހުގީގުކުރިއަށް ގެންދިޔަ ގޮތާގުޅޭގޮތުން ސުވާލު އުފެދޭތީ، މަޢުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ފުލުހުންގެ ބޯޑަށް ހާޒިރުކުރުވަން އަންގައިފިއެވެ. މިއީ ސީޕީ ޙަމީދު ޕޮލިސް ބޯޑަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ "އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑު" އިފްތިތާޙްކުރުމަށާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މާދަމާ 2 ޖަހާއިރަށް ޕޮލިސް ބޯޑަށް ހާޒިރުވުމަށް އެބޯޑުން އަންގާފައިވާކަމަށެވެ.

ޕޮލިސް ބޯޑަށް ހާޒިރުކުރަން އަންގާފައިވަނީ ދާދިފަހުން މާލެއާއި މާލެކައިރި އަތޮޅެއްގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ފުލުހަކު، އިޖުރާތެއް ގޯސްކޮށް ހިންގާފައިވާކަމަށް ބެލެވޭތީ، އެކަމާގުޅޭގޮތުން ސުވާލުކުރުމަށްކަމަށް ސީޕީ ހަމީދު މިއަދު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްޞީލެއް ދެއްވާފައެއްނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންނަށް ކަމެއް ގޯސްކޮށް ކުރެވޭކަމަށް ޤަބޫލުކުރެވިގެން ޖަވާބުދާރީކުރުވުމަށް އެކި އިދާރާތަކުން މަސައްކަތްކޮށް، އެފަދަ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ހުޅުވިފައި އޮތުމަކީ މިއަދު ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެވެސް ޕްރޮފެޝަނަލްކޮށް، ޒިންމާދާރުކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަށްވެސް އެޅޭ ބާރެއްކަމަށާ، މިކަމުގެ ސަބަބުން މުޅި މުޖުތަމަޢަށްވެސް ރަނގަޅު ބަދަލުތަކެއް އައުމަކީ ބޭނުންވާކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާގޮތުގެ މަތީން "ޕޮލިސް ބޯޑު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވާފައިވަނީ 9 އޭޕްރީލް 2021 ގައެވެ. މި ބޯޑު އެކުލަވާލައްވާފައި ވަނީ 7 މެމްބަރުންގެ މައްޗަށެވެ.

ފުލުހުންގެ ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި، ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *