Ad

ރަށްރަށަށް ދަތުރުކުރަން ޕީސީއާރް ނުހަދާ ގޮތަށް ހަމަޖައްސައިފި

އެޗްޕީއޭއިން ލުއި ދީފައިވާ ކަންތައްތަކުގެ ތެރޭގައި:

  • މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލުން. މިފަދަ ހަރަކާތްތައް ބާއްވަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ކޯވިޑް -19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް
  • ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުން. ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިތަކަށް އަމަލުކުރުން
  • މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭގޮތަށް އޮތް އޮތުން އުވާލުން

މާދަމާއިން ފެށިގެން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް ޓެސްޓް ހަދަންނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހަމަޖައްސާ އެކަން އިއުލާން ކޮށްފިއެވެ.

އެޗްޕީއޭއިންވަނީ އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި، މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ "ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ މާލެއިންވެސް ބަލި ފެންނަ މިންވަރު އިތުރުވާން ފެށުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި މަގުމައްޗަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *