ވިލިމާލޭގައި ހުންނަ ސިނަމާލެ 04 ފްލެޓްގެ އޮފީހެއް ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ވިލިމާލޭގައި އޮތް ރަސްމިއްޔާތެއްގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔާރ މުއިއްޒު ވިދާޅުވީ ސިނަމާލެ 04 ގެ އިމާރާތާއި ގުޅޭ މުހިންމު ކަންކަން މާލޭ ސިޓީ ކައުންސިލުގެ ސްޓްރެޓިޖިކް ޕްލޭންގައި ހިމެނޭ ކަމަށެވެ. އޭގެތެރޭއިން ވަށާފާރު ރޭނުމުގެ މަަަސައްކަތް ނިންމައިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.




