Ad

"ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021-2023″ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ބާއްވައިފި

"ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021-2023″ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ތަމްރީނު ސެޝަން މިއަދު ބާއްވައިފިއެވެ.

މިޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި މިއަދު ކުރިޔަށްގެންދިޔަ މި ސެޝަންގެ މައުޟޫޢު އަކީ "ސްޓްރެޓެޖިކް ތިންކިންގ: ސެޓިންގ ނިއު ޓާގެޓްސް އެންޑް ގޯލްސް" އެވެ. މިސެޝަން ނަންގަވައިދެއްވީ، މައިންޑް ފީލްޑްސް އިންކް. ކޮންސަލްޓިންގ އޭޖެންސީގެ ކޯޕަރޭޓް ޓްރޭނަރ އަދި ބިޒްނަސް ކޮންސަލްޓަންޓް މުޙައްމަދު މިސްޠޯޙުއެވެ.

މި ސެޝަންގައި ސްޓްރެޓަޖިކް ތިންކިންގގެ އެހީގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ވިސްނުން ބައްޓަންކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުވާލައި މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ސެޝަންގައި ސަރުކާރުގެ އިދާރާތަކުގައި ހިންގުމުގެ ލެވެލްގައި މަސައްކަތްކުރާ 200 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.

ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި ޕްރޮގްރާމެކެވެ.

ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމު ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސިޔާސީ މަޤާމުތަކަށް ޢައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *