Ad

ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުން ދުރުވުމަށް ރައީސް ސޯލިހް ނިންމަވައިފި

ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުން ދުރުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނައިބު ރައީސް ފައިސަލް ނަސީމް އާއި ޒިންމާތައް ހަވާލުކުރަން ނިންމަވައިފިއިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ހަވާލުކުރައްވަނީ މާދަމާ ހެނދުނު ކުރައްވާ ތައިރޮއިޑް އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނައިބު ރައީސް އާއި ހަވާލުކުރާކަން ރައްޔިތުންގެ މަޖިލީހަށް އަންގަވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

 

ރައީސް ސޯލިހް މިހާރު ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރުގައެވެ.

ރައީސް ސޯލިހް މިރޭ ވިދާޅުވީ ފަރުވާއަށް ފަހު އެމަނިކުފާނު ވަރަށް އަވަހަށް އެނބުރި މަސައްކަތައް ނިކުމެވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސްއަކު ރައީސްގެ ޒިންމާތައް ވަގުތީގޮތުން ނައިބު ރައީސް އާއި ހަވާލު ކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިއީ އާއްމު ކަމެކެވެ. ދާދިފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންޑަސްކޯޕީއެއް ހެދުމަށް ވެސް ނައިބު ރައީސް އާއި ވެރިކަން ހަތަރު ގަޑިއިރަށް ހަވާލުކުރިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *