Ad

ބޮލީވުޑުގެ މަޝްހޫރު ތަރި އަދި މޮޑެލް އުރުވަޝީގެ އުފަންދުވަސް އައިލެންޑް ހައިޑަރވޭގައި ފާހަގަކޮށްފި

ބޮލީވުޑުގެ އެކްޓަރެސް، މޮޑެލް އަދި މިސް ޔުނިވަރސް 2015 ގެ "މިސް ދީވާ 2015″ ތާޖު ހާސިލުކުރި ރީތި ޒުވާން ތަރި އުރުވަޝީ ރައުޓެލާގެ އުފަންދުވަސް ރާއްޖޭގައި އޭނާ ފާހަގަކޮށްފިއެވެ. އުރުވަޝީގެ އުފަންދުވަކީ ފެބުރުއަރީ 25 ދުވަހެވެ.

މިސް ޔުނިވާރސް 2021 ގެ ޖަޖެއްގެ ރޯލްވެސް އަދާކުރި އުރުވަޝީގެ އުފަންދުވަސް ފާހަގަކުރުމަށް އޭނާގެ އާއިލާއާއި އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ އައިލެންޑް ހައިޑަރވޭގައެވެ. އުރުވަށީގެ އުފަންދުވަސް ފާހަގަކުރުމަށް ރިސޯޓުން ވަނީ ޚާޢްސަ ޕްރޮގްރާމް ތަކެއް އިންތިޒާމް ކޮށްފައެވެ.

https://twitter.com/UrvashiRautela/status/1497036990684233731?s=20&t=2e8UYdbDK0hQfLxFwdDIJw

މައުލޫމާތު ލިބިފައިވާގޮތުގައި އުރުވަށީގެ އުފަންދުވަސް ފާހަގަކުރަމުން ދަނީ އައިލެންޑް ހައިޑަރވޭގެ ސިގްނޭޗަރ ކަލެކްޝަންގެ ގޮތުގައި އަލަށް ހުޅުވި 9 ވިލާގެ ތެރެއިން ވިލާއެއްގައެވެ. އޭނާގެ އުފަންދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރިކަމާއި އަދި އުފަންދުވަސް ފާހަގަކުރުމަށް ރިސޯޓުން ފޯރުކޮށްދިން މެހުމާންދާރީގެ ފުރިހަމަކަމާއި މިފަހަރުގެ އުފަންދުވަހުން އޭނާއަށް ލިބުނު އުފާތަކުގެ ވާހަކަ އޭނާގެ ސޯޝިއަލް މިޑިއާ އެކައުންޓްތަކުންނާއި އަދި އިންޑިއާގެ ނޫސްތަކުގައި ވަނީ ހަމަކޮށްފައެވެ.

އުފަންދުވަހުގެ މުނާސަބަތުގައި އައިލެންޑް ހައިޑަރވޭގައި އުރުވަޝީ ވަނީ ރުކެއް އިންދާފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *