Ad

ކޮމަންޑޫ ދާއިރާގެ ސްޕީޑްގައި ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގާ ދިނުން އެދެން- ޢަބްދުﷲ ރިޔާޒު

ކޮމަންޑޫ ދާއިރާގެ ސްޕީޑްގައި ތ.ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގާ ދިނުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒު އެދިވަޑައިގެންފިއެވެ.

ޢަބްދުﷲ ރިޔާޒު މިކަމަށް އެދިވަޑައިގަތީ ތ ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ޕްރޮޖެކްޓް ލަސްވެފައިވާތީ ޒުވާނުންނާއި ކުޅިވަރާއިބެހޭ ވަޒީރަށް ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރައްވަމުންނެވެ.

ވޭތުވެދިޔަ 3 އަހަރުގެ ބަޖެޓްގައިވެސް ތ ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ޕްރޮޖެކްޓް ހިމެނިފައި އޮތްނަމަވެސް އެކަން ނުހިނގާ ކަމަށް ޢަބްދުﷲ ރިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް މިވަގުތު ކުރިމަތީގައި އޮތްކަމަށް އިޝްރާތްކުރައްވާ ކޮމަންޑޫ ދާއިރާގެ ސްޕީޑްގައި މި މަޝްރުޢޫ ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަތެވެ.

ޢަބްދުﷲ ރިޔާޒުގެ ސުވާލަށް ޖަވާބުދެއްވަމުން މިސްޓަރ މަޙުލޫފް ވިދާޅުވީ އިންތިޚާބެއް އޮތަސް އަދި ނެތަސް ސަރުކާރުން ކުރައްވަން ރާވަފައިވާ ކަންކަން ކޮށް ނިންމަވާނެ ކަމަށެވެ. ބަޖެޓްގައި ޖަހާފައި އޮތްނަމަވެސް ކޮވިޑާއި ގުޅިގެން، ބަޖެޓަށް ފިނޭންސް މިނިސްޓްރީން ގެނައި އެޖަސްޓްމަންޓް ތަކުގެ ސަބަބުން ތ ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ޕްރޮޖެކްޓް ކުރިއަށް ނުގެންދެވި ލަސްވީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޭމަންޑޫ ޒުވާނުންގެ މަރުކަޒު އަޅަން މިއަހަރުގެ ބަޖެޓްގައި ހަލައްކަ ހަތްދިހަ ފަސް ހާސް ރުފިޔާ ހިމެނިފައިވާ ކަމަށާއި މިކަން ކޮށްދޭނެ ބަޔަކު ހޯދަން 29 ނޮވެމްބަރ 2021 ގައި އިއުލާންކުރެވި، 8 ޑިސެމްބަރ 2021 ގައި ބިޑް ހުށަހަޅާ، އިވެލުއޭޝަން ނިމި މިހާރު އޮތީ ބަޔަކަށް އެވޯޑްކުރާ ހިސާބުގައި ކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ހަފުތާގައި ކޮންޓްރެކްޓަރާއި އެކު ސޮއިކުރެވޭ ވަރު ވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *