Ad

ހުޅުމާލެ މަގުގެ އެއްފަރާތެއްގައި ކޮންޓެއިނަރ ބެހެއްޓޭނީ ރޯޑް އޮކިއުޕަންސީ ފީ ދެއްކުމަށްފަހު އެޗްޑީސީގެ ހުއްދަ ލިބިގެން!

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އެމްޕީއެލްގެ ވިޔަފާރި ބަނދަރުން 1 މާރޗް 2022 ގެ ފެށިގެން ކޮންޓެއިނަރ ނެރެވޭނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕާރޭޝަންގެ ހުއްދަ ލިބިގެން ކަމަށް އެޗްޑީސީ މިއަދު އިޢުލާން ކޮށްފިއެވެ.

އެޗްޑީސީގެ އެނައުންސްމަންޓްގައި ބުނެފައިވަނީ ހުޅުމާލެ ވިޔަފާރި ބަނދަރުން ކޮންޓެއިނަރ ނެރޭ ފަރާތްތަކުން، އެކުންފުނީގެ ‘މައިހުޅުމާލެ ޕޯޓަލް’ މެދުވެރިކޮށް “ރޯޑު އޮކިއުޕަންސީ ޕާމިޓް” އަށް ހުށަހެޅުއްވުމަށެވެ. މީގެއިތުރުން މަގުގެ އެއްފަރާތުގައި ބެހެއްޓުމަށް ގެނެވޭ ކޮންޓެއިނަރ ބެހެއްޓޭނީ، ރޯޑް އޮކިއުޕަންސީ ފީދެއްކުމަށްފަހު، އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށްވެސް އެނައުންސްމެންޓްގައި ބުނެފައިވެއެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *