Ad

ވިލިމާލޭގެ ދާއިމީ މާރުކޭޓްގެ މަސައްކަތް މަޑުޖެހިފައި އޮތީ ސަރުކާރާއި ހިސާބުން: ނަހުލާ

ވިލިމާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާ ދާއިމީ މާރުކޭޓުގެ މަސައްކަތް މަޑުޖެހިފައި އޮތީ ސަރުކާރުން އެކަމަށް ބޭނުންވާ ބަޖެޓު ހިފެހެއްޓުމުގެ ސަބަބުން ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ ބިން ބޭނުން ކުރާނެ ގޮތާއި ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ މުހިންމު އެއް ކަމަކީ، ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި، މަސް މާރުކޭޓެއް ޤާއިމު ކުރުން ކަމަށެވެ.

މިއާއި އެކު ނަހުލާ ވިދާޅުވީ ރަމަޟާން މަސް ފެށެން ވާއިރަށް، ވިލިމާލޭގެ ރައްޔިތުންނަށް ލޯކަލް މާރުކޭޓެއްގެ ޚިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ ވިލިމާލޭގެ ރައްޔިތުން ރަމަޟާންމަހު ކަނޑު ހުރަސްކޮށްފައި މާލެ ނުގޮސް ވިލިމާލޭގައި ތިބެގެން ކާބޯތަކެތި ގަތުމުގެ ފުރުޞަތު ފަހި ކޮށްދިނުން ކަމަށް ނަހުލާ ވިދާޅުވިއެވެ.

ވިލިމާލޭގެ ދާއިމީ މާރުކޭޓު އެޅުން މަޑު ޖެހިފައިވީނަމަވެސް، ދާއިމީ މާރުކޭޓެއް ޤާއިމު ކުރެވެންދެން، ޚިދުމަތް ދެވޭނެ ވަގުތީ މާރުކޭޓެއް އެޅުމަށް ބަޔަކާ ހަވާލު ކޮށްފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވިލިމާލޭގެ ތަރައްޤީ އާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *