Ad

35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާއަށް "ހަބޭސް" އިންޑިއާއަށް

35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާގައި ޕާފޯމް ކުރުމަށް ރާއްޖޭގެ މަޝްހޫރު ހަބޭސް ބޮޑުބެރު ކުރޫޕަށް ފުރުޞަތު ލިބިއްޖެއެވެ.

ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިންޑިއާގެ ސޫރަޖްކުންޑް، ފަރީދާއާބާދު، ހަރިޔާނާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ" ގައި ބައިވެރިވުމުގެ ފުރުޞަތު ހަބޭސް ބޮޑުބެރު ގްރޫޕަށް ލިބިފައިވާ ކަމަށެވެ.

35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ އޮންނާނީ މިމަހުގެ 19 އިން އޭޕްރީލް 4 ވަނަ ދުވަހަށެވެ. މި އިވެންޓްގައި ޕާފޯމް ކުރުމަށް ހަބޭސް ބޮޑުބެރު ގްރޫޕް މާދަމާގެ ވަގުތެއްގައި އިންޑިއާއަށް ދާނެއެވެ.

އިރުވަރު ނޫހަށް މައުލޫމާތު ދެމުން ހަބޭސްގެ މެނޭޖަރު އަލީ ޝިފާއު ބުނީ މި ދަތުރުގައި އެ ގްރޫޕުން އިންޑިއާގައި އިތުރު ޝޯވތަކެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

"މި ދަތުރު ހަމަޖެހުނު ފަހުން އިންޑިއާގައި ޝޯވ ދިނުމަށް އިތުރު ފުރުޞަތުތަކެއް ލިބިއްޖެ. 5 ޝޯވ ހުށައެޅުމަށް މިހާރުވެސް ދައުވަތު ލިބިފައެބައިން. އެއީ މި އިވެންޓްގެ އިތުރުން. މި ފުރުޞަތުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާލަން ބޭނުން ކޮކާ ކޯލާއަށާއި އެލް މޯބައިލްއަށް" ހަބޭސް އައްޔަ ބުންޏެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުން ވަނީ މިހަރުގެ ޖެނުއަރީމަހު ޑުބާއީ އެކްސްޕޯގައި ވެސް ރާއްޖެ ތަމްސީލްކޮށް ހިތްގައިމު ހުށައެޅުންތަކެއް ހުށައަޅައިދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *