Ad

ހުޅުމާލޭން ދޫކުރާ 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައިފި

ހުޅުމާލޭން ދޫކުރާ 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިކަން ހާމަކުރެއްވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަސައްކަތް ކުރެވޭ ގޮތާއި ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ލިޔުމުން ޖަވާބު ހޯދުމަށް އެދުނު ސުވާލަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓު އެކުލަވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް ގޯތި ދޭނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި އެ މަސައްކަތް ނިމުމުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެ މިނސްޓަރ ވިދާޅުވެފައިވެއެވެ. މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ޖޫން މަހަށެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައިވާ 2،000 ގޯތީގެ ބޭނުމަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ލޯން އެގްރިމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ހިނގަމުންދާ ކަމަށްވެސް ހައުސިންގ މިނިސްޓަރު ވިދާޅުވިއެވެ.

އީވާގެ ސުވާލުގައި ސާފުކޮށްލެއްވުމަށް އެދިފައިވަނީ ހައުސިން މަޝްރޫޢުތަކާއި، ގޯތި ލިބޭނެ ތާރީޚު ތަކާއި ފަންޑިންގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށެވެ. ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑް އާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް ޔުނިޓުގެ 1400 ޔުނިޓެވެ. މިމަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިމެނޭނީ 2025 ގައިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްސީސީ އިންޑިއާއަށް ހަވާލުވެފައިވާ 2000 ހައުސިން ޔުނިޓްގެ މަސައްކަތަށް ސައިޓް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މީގެ ތެރޭގައި 600 ކައުންސިލް ހައުސިން ޔުނިޓް، 1400 އެފޯޑަބަލް ހައުސިން ޔުނިޓް ހިމެނެއެވެ. މުޅި މިމަޝްރޫއު ނިންމޭނެ ކަމަށް ހައުސިން މިނިސްޓްރީން ލަފާ ކުރަނީ ޖުލައި 2024 ގައެވެ.

އޭގެ އިތުރުން އެޕޯލޯ ހޯލްޑިގްސް ކުންފުންޏާ 1042 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *