Ad

ޤައުމީ ފުޓްސެލް ޓީމު ޕްރެކްޓިސްކުރާނެ ދަނޑެއްނެތް!

ދާދި ފަހަކުން ރާއްޖޭން ބޭރުގައި ތަމްރީނު ހޯދި ދިވެހި ޤައުމީ ފުޓްސެލް ޓީމް ޕްރެކްޓިސް ކުރާނެ ދަނޑެއްނެތި، ޕްރެކްޓިސް ނުކުރެވިވާކަން އިތުބާރުހުރި ފަރާތަކުން އިރުވަރު ނޫހަށް މަޢުލޫމާތުދީފިއެވެ. އެފަރާތުން މަޢުލޫމާތު ދިން ގޮތުގައި މިވަގުތު ޤައުމީ ފުޓްސެލް ޓީމު ޕްރެކްޓިސް ކުރުމަށް ދަނޑެއް ނުލިބިވާތީ، ޕްރެކްޓިސްތަށް ނުކުރެވޭކަމަށެވެ. މިއީ އަޑުއަހާލަން ފަސޭހަ ވާހަކައެއް ނޫނެވެ. ސަބަބަކީ، އަވަސް ތާރީޚެއްގައި ބޭއްވޭ ފުޓުސެލް ބައިނަލް ޢަޤްވާމީ މުބާރާތަކަށް ރާއްޖޭގެ ޤައުމީ ފުޓުސެލް ޓީމު ފުރަންޖެހޭތީއެވެ. މިހާރުގެ ޙާލަތުންވެސް ރާއްޖޭގައި ފުޓުސެލް ޕްރެކްޓިސް ކުރުމަށްޓަކައި ދަނޑުތަކެއް އެބަހުއްޓެވެ.

ރާއްޖޭގައި ފުޓުސެލް ކުޅޭ ކުޅުންތެރިންގެ ޢަދަދު އިތުރުވެ، ޤައުމީ ފުޓްސެލް ސްކޮޑެއް އެކުލަވާލައި ދާދި ފަހަކުންވަނީ ރާއްޖޭން ބޭރަށް ދަތުރުކޮށް ފުޓުސެލްގައި ބޮޑެތި ޤައުމުތަކާއި ވާދަކޮށް ތަޖުރިބާ ހޯދާފައެވެ. ރާއްޖޭގެ ކުޅުންތެރިންނަކީ ވެލިދަނޑުގައި ނުވަތަ ޓާފްގައި ފުޓުސެލް ކުޅޭ ކުޅުންތެރިންކަމުން، ފުޓްސެލް އިންޑޯގައި ކުޅުމަށް އުނދަގޫތަކެއް ދިމާވިކަން ފާހަގަކުރެވުނެވެ.

ސަރުކާރުން ރާއްޖޭގައި ފުޓްސެލް ކުރިއަރުވަން މާބޮޑު މަސައްކަތެއް ކޮށްފައިވާ ތަނެއް ނުފެނެއެވެ. ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުޅޭ ބޮޑެތި އެތަކެއް ފުޓުސެލް މުބާރާތްތަށް ކޮންމެ އަހަރަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނައިރު، ހުނަރުވެރި އެތަކެއް ފުޓުސެލް ކުޅުންތެރިންނެއް ރާއްޖޭގައި ތިބިކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *