އަތޮޅުތެރޭ ފުޓްބޯޅައިގެ ކުރިއެރުން ގެނެސްދޭނެ ކަމަށް ވަކާލާތު ކުރާ ހާމިދު އަބްދުލްގަފޫރު މިހާރު އަތޮޅުތެރެއަށް ގޮސް އަތޮޅު މުބާރާތްތަކުގައި ބައިވެރި ނުވުމަށް ދަނީ ވަކާލާތު ކުރަމުންނެވެ. މިހާރު ލާމު އަތޮޅަށް ގޮސް ކުރާމަސައްކަތުގައި ހާމިދު ދަނީ އެކި ޓީމުތަކަށް މެސެޖްކޮށް ބައަދަލުވާން އެދެމުންނެވެ. ނަމަވެސް މިޓީމްތަކުން މާބޮޑުތަރުހީބެއް ހާމިދަކަށް ނުލިބުނެވެ.
ހާމިދަކީ ފިޓްނަސް ޖިމް ވިޔަފާރީގައި އުޅޭމީހެކެވެ. ފުޓްބޯޅައަށް މާބޮޑު ހިދުމަތައް ކޮށްދެވިފައި ނުވާއިރު ހާމިދުމެން ޒަމާނުގެ ބޮޑުބޯޅަ ފުޓްބޯޅަ މިހާރު ވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. މިޒަމާނުގެ ފުޓްބޯޅައެއް މިހާރު ސްޓައިލެއްވެސް ހާމިދަކަށްނޭންގެއެވެ. އަދި ހާމިދު އަތޮޅުތެރެއަށް ދަތުރުކުރަނީ އެންމެ ކުރީޒަމާނުގައި އެެފްއޭއެމް ގައި އުޅުނު ހުސެން ގޮވައިގެންނެވެ. މިޒަމާނުގެ ފުޓްބޯޅަ ނޭންގޭ ތާންގައި ވަރަށް ބޮޑަށް ސިޔާސީ ކަންތައްތައް ފުޓްބޯޅައިގެ ތެރެއަށް ވެއްދޭތޯ ހާމިދު ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ހާމިދަށް މާބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެއެވެ. އެންމެ މީޑިއާއެއްގެ ކޮލަމް ލިޔުން ފިޔަވާ އެހެން އެއްވެސް ބައެއްގެ ތަރުހީބެއް މިކަމުގައި ހާމިދަކަށް ނުލިބެއެވެ. މުޅި ރީޖަނުގައި ކޮވިޑައި ހެދި ފުޓްބޯޅަ ހުއްޓިފައި އޮއްވާ ސާފް ޗެމްޕިއަންޝިޕް ބާއްވާ މުޅި ރީޖަން ހެއްވާލި އެފްއޭއެމްގެ ވެރިންނާ ސަރުކާރުގެ މަސައްކަތުންނެވެ. މިދަތިދުވަސްވަރުވެސް ހުރިހާ މުބާރާތްތަކެއް ހިންގަމުންދަނީ ކާމިޔާބުކަމާއިއެކުގައެވެ.
މިހާތަނަށް ފުޓްބޯޅައަށް ސިޔާސީ ކަންތައް ވައްދަން އުޅުނު ކޮންމެ ބައެއް ވަނީ ފެއިލްވެފައެވެ.