Ad
ކޭޕާކް ޕްރޮޖެކްޓްގެ އޯނަރ ޙަސަން މަމްދޫޙު އިމާރާތައް ބައްލަވަނީ. (ފޮޓޯ: ގޫގްލް)
ކޭޕާކް ޕްރޮޖެކްޓްގެ އޯނަރ ޙަސަން މަމްދޫޙު އިމާރާތައް ބައްލަވަނީ. (ފޮޓޯ: ގޫގްލް)

ހުޅުމާލޭގެ ހައުސިންގ 3 ޕްރޮޖެކްޓެއް ނިމި އަންނަ ޖޫން މަހު މީހުން ދިރިއުޅެން ފަށަނީ!

ހުޅުމާލޭގައި ހިންގާ ޕްރައިވެޓް ހައުސިންގ 3 ޕްރޮޖެކްޓެއް ނިމި އަންނަ ޖޫންމަހުގެ ތެރޭގައި މީހުން ދިރިއުޅެން ފަށަން ހަމަޖެހިއްޖެއެވެ.

މި 3 ޕްރޮޖެކްޓަކީ ޒުވާން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު ހިންގަވާ ކޭ ޕާކް ޕްރޮޖެކްޓާއި ތަޖުރިބާކާރު ބިލްޑަރ ޖައުސާ ޖައުފަރު ހިނގްވާ ޖައުސާ ހައުސިންގ ޕްރޮޖްކްޓާޢި މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު އެއްކުންފުނި ކަމަށްވާ އެންޒީ ބްރޭންޑްގެ އެންސިސް ކުންފުނިންގ ހިންގާ ހައުސިންގ ޕްރޮޖެކްޓެވެ.

ކޯވިޑުގެ އާލަމީ ވަބާއާއި ގުޅިގެން މި 3 ތިން ޕްރޮޖެޓްގެ މަސައްކަތް މަޑުޖެހެލި ނަމަވެސް މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށް އެބަދެއެވެ. ޖޫންގައި މީހުން ދިރިއުޅެން ފަށާނެ ކަމުގެ ޔަޤީންކަން އެޗްޑީސީއަށް މި ތިން ކުންފުނިން ވަނީ ދެއްވާފައެވެ. އަދި މި އިމާރާތްތަކުން ފްލެޓް ގަނެފައިވާ ފަރާތްތަކަށްވެސް މިކަން ވަނީ އަންގާފައެވެ.

ކޭޕާކް އެޕާޓްމެންޓް އިމާރާތް.

ކޭޕާކް ބިލްޑިންގ އިން ފްލެޓް ގަނެފައިވާ ފަރާތެއް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކޭޕާކް ޕްރޮޖްކްޓް ހިންގަވާ ޒުވާން ވިޔަފާރިވެރިޔާ ހަސަން މަމްދޫހަށް އިތުބާރު ކުރާކަމަށާއި ޖޫންގައި އޭނާގެ ދިރިއުޅުން ކޭޕާކަށް ބަދަލުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީ ތަކެއް ވަމުން އަންނަ ކަމަށެވެ. އޭނާގެ އެޕާޓްމަންޓަށް ބޭނުންވާ ފާރނީޗަރާއި އެހެނިހެން ސާމާނު ރާއްޖެ ގެނައުމަށް މަޝްހޫރު އިކިއާއަށް އޯޑަރ ކޮށްފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ. އަދި ސައިޓް ބަލާލަން ކޮންމެ ދުވަހަކު އޭނާ ދާ ކަމަށާއި މަސައްކަތް ބާރަށް ހިނގަމުން އަންނަތަން ފެނުނީ،މަ އުފާކުރާ ކަމުގެ ޝުޢޫރުތައް ފާޅުކުރިއެވެ. "އެންމެ އުފާވަނީ މިއީ އަހަރެންގެ އަމިއްލަ ގެޔަށް ވާނެތީ. އަހަރެންގެ މުޅި ދިރިއުޅުން ކުރިމަގުގައި ބިނާވެފައި އޮންނާނީ މިތަނުގައި" ކޭ ޕާކް ބިލްޑިންގއަށް ބަލަންހުރެ ވަރަށް ޖަޒުބާތާއި އެކު އޭނާ (ނަން ހާމަކުރަން ބޭނުން ނުވާ) ވާހަކަ ދެއްކިއެވެ.

ކޭޕާކުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށް ފޮނުވި މެސެޖް.

މި 3 ޕްރޮޖެކްޓްގެ ކަސްޓަމަރުންނާޢި ވަރަށް ރަނގަޅަށް އަބަދުވެސް މުޢާމަލާތް ކުރަމުން އަންނަ ކަމަށް ބައެއް ކަސްޓަމަރުން ފާހަގަކުރިއެވެ. ކޭ ޕާކުގެ އެހެން ކަސްޓަމަރެއް މިނޫހަށް މަޢުލޫމާތު އޮޅުންފިލުވާދެމުން، ކޭޕާކުން ފޮނުވާފައިވާ މެސެޖެއް ހިއްސާކުރިއެވެ. އެމެސެޖްގައި ބުނެފައިވަނީ 25 މާޗް 2022 ގައި އިންޓީރިއަރ މަސައްކަތާއި އަދި ފިނިޝިންގގެ އެންމެފަހުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އެހެންވީމަ އޭނާ ޤަބޫލުރަނީ މިހާރު އެގޮތަށް މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ.

އެންސިސް ކުންފުނިން ތަރައްޤީކުރަމުން އަންނަ "އައިރާ" އެޕާޓްމަންޓް ބިލްޑިންގ

މަޝްހޫރު އެންސިސް ކުންފުނިން ތަރައްޤީކުރަމުން އަންނަ "އައިރާ" އެޕާޓްމަންޓް ބިލްޑިންގ އަކީ ސިންގަޕޫރުގެ ފަރުމާއެކެވެ. 94 އެޕާޓްމަންޓް ހިމެނޭ މި ޕްރޮޖްޓް ފެށުނި 2016 އަހަރުގައެވެ. އެކުންފުނިން ކުރިން އަމާޒު ހިފާފައި އޮތީ ޑިސެމްބަރ 2021 ގައި ޕްރޮޖްކްޓް ނިންމާށެވެ. ނަމަވެސް ކޮވިޑް ޕެންޑަމިކާއި ގުޅިގެން ހުރިހާ ޕްލޭނެއް ބަދަލުވެ، މިހާރު އަމާޒުހިފާފައިވަނީ އަންނަ ޖޫންމަހަށް ނިންމާށެވެ. ގުޅާ ކަސްޓަމަރުންނަށް އެޗްޑީސީއިންވެސް ދަނީ މިގޮތަށް ޔަގީންކަން ދެމުންނެވެ.

ފޮޓޯގެ ކަނާތްފަރާތުން އެފެންނަނީ މަޝްހޫރު ޖައުސާގެ އެޕާޓްމަންޓް އިމާރާތް. ވާތްފަރާތުގައި ކޭ ޕާކް.

ތަޖުރިބާކާރު ޖައުސާ ކުންފުނިން 2017 ވަނަ އަހަރު ފެށި ދަ ގާޑެން ޕްރޮޖްކް އިޝްތިހާރު ކޮށްފައިވަނީ ރާއްޖޭގައި މިހާތަނަށް ތަރައްޤީނުކުރާ އެންމެ މަތީ ފެންވަރުގެ އިމާރާތުގެ ގޮތުގައެވެ. މަޢުލޫމާތު ލިބުނުގޮތުގައި ހުރިހާ އެޕާޓްމަންޓެއްވެސް ވަނީ ވިކި ހުސްވެފައެވެ. މިތަން ނިންމަން އަމާޒުކޮށްފައި ކުރިން އޮތީ 2019 ގެ ނިޔަލަށެވެ. ނަމަވެސް ތަފާތު ކިތަންމެ ސަބަބަކާއި އަދި ކޯވިޑާއި ގުޅިގެން އިމާރާތް ނިންމަން ކީ މުއްދަތު ފަހަނަ އަޅައިގެންގޮސް އިތުރަށް 3 އަހަރު ވަނީއެވެ.

މި 3 ޕްރޮޖެކްޓްގެވެސް ހުރިހާ އެޕާޓްމެންޓެއް ވަނީ ވިކި ހުސްވެފައެވެ. ކޭ ޕާކު އިމާރާތުން، އެއް އެޕާޓްމަންޓް ޑަބަލްކޮށް ވިއްކާފައި ވާކަމުގެ އަޑުތަކެއް ބަޔަކު ފެތުރިއެވެ. ނަމަވެސް އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައެއްކަން ކަން ފަހުން ވަނީ ޔަޤީން ކުރެވިފައެވެ.

މިތިން ޕްރޮޖެކްޓް ނިމުން ލަސްވާނެ ކަމަށް ހީކުރި ބައެއް މީހުން ޙަޤީގަތާއި ޚިލާފު އަޑުތައް ފަތުރަމުން ދިޔަނަމަވެސް "އައްމަޓީ" އަތުން ފްލެޓް ގަތް މީހުންނަށް ލިބުނުފަދަ ލަނޑެއް، މިތަންތަނުން ފްލެޓް ގަތް މީހުންނަށް ނުލިބޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އެޗްޑީސީ އިންވެސް މިހާރު ދަނީ ވަރަށް ގާތުން މިފަދަ ޕްރޮޖެކްޓްތަކަށް ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. މީރޯ ބުހުތާނު ދޮގު! މީއީ މީހުންގެ ލާރިން ތަން ނުނިންމާ އެމީހުންގެ އަމިއްލަ ފައިދާ އަށް މަސައްކަތް ކުރާ މަކަރުން ފުރިފާވާ ބައެއް! ގުޅީމަ ފޯނުވެސް ނަގާ ބައެއް ނޫން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *