Ad

ފަސޭހަކަމާއެކު ބެސްޓް ބަލިކޮށް، ގޯޅި ސްޕޯޓްސް ކްލަބުން ތަށި އުފުލާލައިފި!

ލ. ގަން ކައުންސިލްގެ ތުނޑީ ރަމަޟާން ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ލާމު ފުޓުސެލް ކިންގް ލ. ގަން ތުނޑީ ގޯޅި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. ގޯޅި ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދީ ތުނޑީ ބެސްޓް ފުޓުސެލް ޓީމާއި ވާދަކޮށް، ތަފާތު ބޮޑުކޮށް 0-6 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި 26 ޓީމު ވާދަކުރިއިރު، 26 ޓީމު ބަހާލާފައިވަނީ 8 ގުރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ގޯޅި ސްޕޯޓްސް ކްލަބުގެ 3 ޓީމު ވާދަކުރިއެވެ. ގޯޅި ސްޕޯޓްސް ކްލަބަކީ ލ. ގަމު ތުނޑީ އަވަށު ޓީމެވެ. ކޮންމެ ރަމަޟާން މަހަކު ބާއްވާ ފުޓުސެލް މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް ގޯޅި ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޯޅި ސްޕޯޓްސް ކްލަބުގެ އަޙްމަދު ޙަލީމު (އައްމަޑޭ) އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީވެސް އައްމަޑޭއެވެ. އައްމަޑޭވަނީ ޖެހިޖެހިގެން 4 މެޗުގައި މޭން އޮފް ދަ މެޗުގެ މަޤާމުވެސް ހޯދާފައެވެ.

މުބާރާތުގައި ރާއްޖޭގެ އެންމެ މަޝްހޫރު ފުޓުސެލް ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ގޯޅި ސްޕޯޓްސް ކްލަބަށް ކުޅުނު އަޔާޒު (އަޔާ) އަދި މުބީން (މުއްކި) ފާހަގަކޮށްލެވެއެވެ. ބެސްޓް ޓީމަށް ބަލާއިރު، އަލީ ހާފިޒު (ހާއްޕެ) އަދި އިބްރާހީމް އަސްވަދު (ގަބޭ) ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ލ. ގަން ތުނޑީ އަވަށަށް ނިސްބަތްވާ ފުޓުސެލްގެ މަޝްހޫރު ގޯޅި ސްޕޯޓްސް ކްލަބުގެ އައްމަޑޭ، ނާއްޓޯ ވެސް ފެނިގެން ގޮސްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *