Ad

ގޯޅި ސްޕޯޓްސް ކްލަބްގެ "ކާބީ" ސެލެބްރޭޝަން! ވަރަށް ހިތް ގައިމު!

ލ. ގަން، ތުނޑީ އަވަށުގައި ލ. ގަމު ކައުންސިލް ރަމަޟާން ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލ. ގަން، ތުނޑީ، ގޯޅި ސްޕޯޓްސް ކްލަބަކީ އެމުބާރާތުގެ އެންމެ ކާމިޔާބު ކްލަބެވެ. ރޭގެ އެކާމިޔާބާއެކު، ފާހަގަވީ އަނެއް ކަމަކީ، ޗެމްޕިއަން ޓްރޮފީއާއެކު އެޓީމުގެ ކުޅުންތެރިންގެ ސެލެބްރޭޓްކުރި ގޮތެވެ. "ކާބީ" ސެލެބްރޭޝަނަކީ މިފަހަކަށް އައިސް ފުޓުބޯޅަ ދަނޑުތަކުގެ އެންމެ މަޤުބޫލު ސެލެބްރޭޝަނެވެ. ގޯޅި ސްޕޯޓްސް ކްލަބުގެ "ކާބީ" ސެލެބްރޭޝަންވެސް އެހާ ހިތްގައިމެވެ.

ކާބީ

ކާބީ އަކީ އިޓަލީ މީހެކެވެ. އޭނާ މަޝްހޫރު ވެގެންދިޔައީ ކޮވިޑް-19 ލޮކްޑައުން ތެރޭގައެވެ. އެހެން މީހުންނަށް ކުރަން އުނދަގޫ ބޮޑެތި ކަންތައް ފަސޭހަކަމާއެކު ކޮށްލަން ހަދާނެގޮތް، ދައްކާލާ ކޮށްފައިވާ ވީޑިއޯތަށް ޔޫޓިއުބުގައި އަޕްލޯޑްކުރަންފެށި ހިސާބުންނެވެ. އެހިސާބުން ފެށިގެން ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ފުޓުބޯޅަ ކުޅުންތެރިންގެ ފޭވަރިޓަކަށް ކާބީ ވެގެންދިޔައެވެ.

އެންމެ ފުރަތަމަ ކާބީ އާއި ބައްދަލުކޮށް، ވީޑިއޯ ހަދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރީ އިޓަލީގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އެލްސެންދްރޯ ޑެލްޕިއެރޯއެވެ.

އޭގެ ފަހުން ކާބީ ވެގެންދިޔައީ ދުނިޔޭގެ ނިސްބަތުން މަޝްހޫރު މީހަކަށެވެ. އޭގެ ފަހުން ފްރާންސްގެ އެންމެ މަޝްހޫރު ކީލިއަން އެމްބާޕޭވެސް ގޯލް ޖެހުމަށްފަހު ސެލެބްރޭޓް ކުރަނީ ކާބީ ސެލެބްރޭޝަނެވެ.

ކާބީގެ ޔޫޓިއުބް ވީޑިއޯތަކާއެކު ކާބީ މިހާރު ވެފައިވަނީ މަލްޓި މިލިއަނަރަކަށެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ފުޓުބޯޅަ ކުޅުންތެރިންގެ ގާތް އެކުވެރި ރަޙްމަތްތެރިއަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *