2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވަން ނިންމަވާ އެކަން އިއުލާ ކުރައްވައިފިއެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް ނަޝީދަށް ބޮޑު ބޭބެ ވިދާޅުވާ، ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ އެވެ. އީވާ މިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އިންތިއަށް ތާއީދު ހޯދުމުގެ ގޮތުން ކުޅުދުއްފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އީވާ ދެއްކެވި ވާހަކަފުޅު ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ އެކަުއުންޓުން ޓްވިޓްކުރެއްވުމުން، ރައީސް ނަޝީދު ވާދަކުރައްވާނެކަން ވަނީ ޔަގީންވެފައެވެ.
— MN unofficial (@anedhivehirajje) April 26, 2022
ސިޔާސީ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ބުނަމުން އަންނަނީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އިންތި ހޮވުމަށް ރައީސް ނަޝީދު ކުޅުއްވި ކާޑެއް ކަމަށެވެ. އަދި ސިޔާސީ ސްޓަންޓެއް ގޮތަށްވެސް ބައެއް މީހުން ދެކެއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ފަންޑްކޮށް ސަޕޯޓް ކޮށްދޭނެކަން ޔަގީންވީމާ، ރިޔާސީ އިންތިޚާބުގައިވާދަކުރައްވާނެކަން އިއުލާން ކުރެއްވީއެވެ.