Ad

1.5 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީން އިދާރާތަކަށް އަންގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް އަނބުރާ ހޯދުމަށް، ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ. އޭސީސީން ވިދާޅުވީ ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި ތަޙްޤީޤުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ އެއްމިލިއަން ފަސްސަތޭކަ ހަތްދިހަހާސް އަށްސަތޭކަ ސާދަ ރުފިޔާ ސާޅީސް ހަތަރު ލާރި އަނބުރާ ހޯދުމަށް އެދި، ކަމާގުޅުން ހުރި އިދާރާތަކަށް އަންގާފައިވާކަމަށެވެ.

އޭސީސީގެ އައު މެންބަރުން އެންމެ އިސްކަން ދެއްވާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުންކަމަށް އެކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންމެ މައްސަލައެއްގެ ތަހުގީގް ފަށާއިރުވެސް އެމައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގް މަރުހަލާގެ ތެރެއިންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޝާމިލް ވިދާޅުވިއެވެ. ކުށްކޮގެން އެންމެ ގިނަ ޢަދަދެއްގެ ފައިސާ ދައުލަތަށް ގެއްލިފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިންނެވެ. ސިޔާސީ އެކި ބޭނުންތަކަށް ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދާފައިވާ މަންފާ 3.4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވެއެވެ.

ފާއިތުވެދިޔަ 2021ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2.1 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އޭސީސީން ވިދާޅުވެއެވެ.

ދައުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާ ހިމެނޭ މައްސަލަތަކުގެ ތަފްސީލުތަކުގެ ތެރޭގައި:

– ސެޕްޓެންބަރު 2020އާ ހަމައަށް ނުލިބިވާ ފައިސާ
– 10 ފަރާތަކަށް ދޫކޮށްފައިވާ 12 ބިމެއްގެ ކުލި
– ދައްކަންޖެހޭ ކުލި އަދި ޖޫރިމަނާ: 1,414,560.37 ރުފިޔާ
– ކުރިއަށް އޮތްތާނގައި ކުލީގެ އެއްބަސްވުމުގެ ތެރޭގައި ކުރި ހޯދުމަށް
މި ފައިސާ ހޯދުމަށް ރ.އަލިފުށީ ކައުންސިލަށް އޭސީސީން އަންގާފައިވަނީ މިއަހަރުގެ އޭޕްރީލް 26ގައެވެ.

މުލީއާގެއަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުސޫލާ ޚިލާފަށް، 2007 ވަނަ އަހަރުގައި ކޮށްފައިވާ ޚަރަދު:

– އަނބުރާ ހޯދުމަށް އަންގާފައިވާ އަދަދު: 11,244.72 އެމެރިކާ ޑޮލަރު ނުވަތަ 144,494.65 ރުފިޔާ
އޭސީސީން ވިދާޅުވީ މި ފައިސާއަށް ޒިންމާވާ ފަރާތުގެ އަތުން އަނބުރާ ހޯދުމަށް މިމަހުގެ 24 ގައި މިނިސްޓްރީ އޮފް ފިނޭންސަށް އަންގާފައިވާނެކަމަށެވެ.

– ބާރަށު ކައުންސިލާއި އަމިއްލަ ފަރާތަކާ ދެމެދު 2015 ވަނަ އަހަރުގައި ވެފައިވާ އެއްބަސްވުމަކާއި ގުޅިގެން އަނބުރާ ލިބެންޖެހޭ ފައިސާ
އެއްބަސްވުން ބާޠިލްކުރި މުއްދަތާ ހަމައަށް ލިބެންޖެހޭ ކުއްޔަށާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުން
– ޖުމްލަ ފައިސާ: 11,759.42 ރުފިޔާ

އޭސީސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި ދިޔަ އަހަރު އޭސީސީއިން ވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 40 މައްސަލަ ނިންމާ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ ހަތަރު މައްސަލައެއް ނިންމާ ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައި ކަމަށް އޭސީސީން ވިދާޅުވިއެވެ. އެކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އޭސީސީން، އެހެން މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ނާޖާއިޒު ފައިދާ އަމިއްލައަށް ހޯދުމާއިގުޅޭ އެންމެ ގިނަ މައްސަލަ ނިންމާ ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރު އޭސީސީން ވަނީ ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ 17 މައްސަލައެއްވެސް ނިންމާ ދައުވާކުރަން ފޮނުވާފައެވެ. ވޭތުވެދިޔަ ފަސް އަހަރުގައި އެންމެ ގިނައިން އެފަދަ މައްސަލަތައް ވެސް ނިންމާ ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ އަހަރުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *