Ad

ރައްޔިތުންގެ ބޭންކުން ފުރަތަމަ ކުއާޓަރގައިވެސް ބޮޑު ފައިދާއެއް ހޯދައިފި!

ދިވެހި ދައުލަތުން އެންމެ އިސްކަންދޭ ރައްޔިތުންގެ ބޭންކުން މިއަރުގެ ފުރަތަމަ ކްއާޓާގައި ބޮޑު ފައިދާއެއް ހޯދުމަށްފަހު އުފަލުން އެކަން ފާހަގަކުރަން ފަށައިފިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބެންކް އޮފް މޯލްޑިވްސްގެ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ކުރިއެެރުން ހޯދައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފި ކަމަށް ބުނެ ރާއްޖޭގެ ހުރިހާ މީޑިއާއިން އެވާހަކަ ދައްކަން ފަށައިފިއެވެ.

ބޭންކްގެ މާލީ ހިސާބުތައް ދައްކާގޮތުން، ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ނިމިގެން ދިޔަ ކުއާޓަރއާ އަޅާބަލާއިރު %10ގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު މިއީ %14 ގެ ކުރިއެރުމެކެވެ. ފުރަތަމަ ކުއާޓަރގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. މިއީ މިދިއަހަރުގެ ހަތަރުވަނަ ކުއާޓަރއާ އަޅާބަލާއިރު %18 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއަށްވުރެ %55 އިތުރު އަދަދެކެވެ.

ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޜަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުން ކަމަށް ވަރަށް ފަޚިރުވެރިކަމާއި އެކު ބޭންކުން އެދަނީ ބުނަމުންނެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ކަމަށާއި ނިމިގެންދިޔަ ކުއާޓަރގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 1 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިންގ ވިއުގަ ވަނީ އިތުރަށް ފުޅާކޮށް 4 ރަށެއްގައި ސެލްފްސަރވިސް ބޭންކިންގ ޚިދުމަތް އަލަށް ތައާރަފްކޮށްފައިވެއެވެ.

ރައްޔިތުންގެ ބޭންކުން މިހޯދި މިކުރިއެރުމާ ގުޅިގެން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ބޭންކުން ކާމިޔާބު ނަތީޖާއެއް ދަމަހައްޓަމުން އަންނަ ކަމަށާއި، ބޭންކު މިއަދު ވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

" މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑަށްމެންނަށް ލިބުނު އުފަލެއް.ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ދަނީ ބުނަމުންނެވެ. އެކަމަކު ބޭންކްގެ އިންޓަރެސްޓް ބޮޑުކަމުން އަލަށް ވިޔަފާރިއެއް ފަށާ ފަރާތަކަށް މިބޭންކުން ފުރުސަތު ވަރަށް ހަންޏެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ކުރިން ދިރާގަށް އޮތްކަހަލަ ޚާއްސަ ގޮތްތަކެއް ސަރުކާރުން ހަދާދީފައިވާ ބޭންކެކެވެ. ޚާއްސަ ގޮތްތައް ކަނޑާލީމަ އުރީދޫ މިހާރު އެދަނީ ދިރާގާއި ވާދަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *