Ad
ފޮޓޯ: އަދަދު ނޫސް
ފޮޓޯ: އަދަދު ނޫސް

މުސާރަ ބޮޑުކޮށް ދިނުމަށް އެދި ލެކްޗަރާއިން އިހުތިޖާޖުކޮށްފި

ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލުތަކާއިއެކު ލެކްޗަރާ އިން ގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

އެމްއެންޔޫ އަދި އައިޔޫއެމްގެ ލެކްޗަރާއިން ބައިވެރިވި މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ލެކްޗަރާއިން ތިބީ ކަޅު ހެދުމުގައެވެ.

އެފަރާތްތަކުން ވަނީ މުސާރައަށް އެއްވެސް ބަދަލެއް ނާންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ގިނަ ޓީޗަރުންނާ ހިލާފަށް އެއީ މާލޭގެ ބޮޑު ކުލި ދައްކައިގެން ދިރިއުޅެން ޖެހޭ ފަރާތްތަކެއްކަމަށް ކަމަށް ބުނެފައެވެ.

ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކަމަށް ބުނެ ހަމައެކަނި ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުން އަދި ޕްރިންސިޕަލުންގެ މުސާރައިގެ 50 އިންސައްތައާ ހަމައަށް ބޮޑުކޮށްފައިވާއިރު، ކޮލެޖް އަދި ޔުނިވަސިޓީތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލެކްޗަރާއިން ކަންބޮޑުވުމަކީ އެ މީހުންގެ މުސާރަ ބޮޑުނުކޮށް އެންމެ އާދައިގެ ރޭންކްގެ ޓީޗަރުންނަށް ވުރެވެސް ދަށުން ލެކްޗަރާއިންނަށް މުސާރަ ލިބުމެވެ. އެންމެ އާދައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 13،266 ލިބުނަސް ޑިގްރީ ހަދާފައިވާ ލެކްޗަރާއަކަށް ލިބެނީ 13،000 ރުފިޔާ އެވެ. އަދި މާސްޓާސް ހަދާފައިވާ ލެކްޗަރާއަކަށް ލިބެނީ 18،000 ރުފިޔާ އެވެ.

އަލަށް އެކުލަވާލި މުސާރައިގެ އޮނިގަނޑުގެ ދަށުން އެންމެ ދަށް ރޭންކްގެ ޓީޗަރުން (ރޭންކް އެކެއް) ނަށް ވެސް ޖުމްލަ މުސާރައިގެ ގޮތުގައި 13،266ރ.ގެ މުސާރައެއް ލިބޭނެއެވެ. ކުރިން މި ރޭންކްގެ ޓީޗަރުންނަށް ލިބެނީ 10،889ރ.ގެ މުސާރަ އެކެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ބޮޑު ބަދަލާއެކު ޕޮލިޓެކްނިކް، ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ ގެ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އިއުލާންކުރުމުގެ ކުރިން ވެސް ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *