Ad

އިންތި ބަލިކޮށް ބޮޑު ތަނުން ފައްޔާޒު އިންތިޚާބް ކާމިޔާބުކޮށްފި

އެމްޑީޕީގެ ޗެއަރޕާސަނެއް އިންތިޚާބުކުރުމަށް ބޭއްވި އިންތިހާބު ބޮޑުތަނުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކާމިޔާބޔކޮށްފިއެވެ.
އެމްޑީޕީގެ ތާރީޚުގައި ބޭއްވި އެންމެ ވާދަވެރި އެއް އިންތިޚާބުގައި ފައްޔާޟާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓި 282 ވޯޓު ފޮށީގެ ތެރެއިން ގިނަ ވޯޓު ފޮށީގެ ނަތިޖާއިން ދައްކާގޮތުން ފައްޔާޒު އިންތިޚާބް ކާމިޔާބު ކުރެއްވީ 60 އިންސައްތައެއްހާ ވޯޓުގެ ތަފާތަކުންނެވެ.

މި އިންތިޚާބުގައި ރަސްމީ ނަތީޖާ ނަތިޖާ އެމްޑީޕީގެ ސެކްރެޓޭރިއަޓުން އަދި އިއުލާން ކުރައްވާނެއެވެ.

އިއްޔެގެ ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ގެންދިޔަ އިންތިޚާބުގެ ވޯޓުލުން ބަންދުކޮށްފައިވަނީ އިރުއޮއްސި އިއްޔެގެ 6:00 ޖެހިއިރެވެ. ވަގުތީ ނަތީޖާއާއެކު މިހާރު ފައްޔާޟަށް ތާއީދުކުރި އެމްޑީޕީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަންނަނީ މިނިސްޓަރ ފައްޔާޟަށް މަރުޙަބާ ވިދާޅުވެ އުފާފާޅުކުރަމުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކާ ޖުމްލަ 194 ރަށެއްގައި އެމް.ޑީ.ޕީން ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 94211 މެމްބަރުންނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *