Ad

ޖަރުމަނު ސަފީރުކަމަށް ޝާން އައްޔަންކުރަން ފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި

ރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާ އައު ސަފީރުކަމަށް އާއިޝަތު ޝާން ޝާކިރު އައްޔަންކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓިން ފާސްކޮށްފިއެވެ. ޝާންއަށް ރުހުންދޭން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ޝަންއަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25ގައެވެ.

ޝާން ޝާކިރު މިހާތަަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އެކަމަނާއަކީ ރާއްޖޭގައި ޗީފް ޕްރޮޓޮކޯލްގެ މަޤާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ. އެ މަޤާމަށް އެކަމަނާ އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައެވެ. ޝާން ޝާކިރު ވަނީ ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ސަފީރުކަންވެސް ކުރައްވާފައެވެ.

އެކަމަނާ ވަނީ މީގެކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަޤާމުގެ އިތުރުންވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *