Ad
ރައީސް ޔާމީން އިންަޑިއާ އައުޓް ހަރަކާތެއްގައި
ރައީސް ޔާމީން އިންަޑިއާ އައުޓް ހަރަކާތެއްގައި

ރައީސް ޔާމީން "އިންޑިއާ އައުޓް" ހިންގަވަނީ ބޭރުން ފައިސާ ހޯދަން: ސްޓެޕް އައްޔަ

ރައީސް ޔާމީން "އިންޑިއާ އައުޓް" ހިންގަވަނީ ބޭރުން ފައިސާ ހޯދަން ކަމަށް މި ހަރަކާތުގައި ޕީޕީއެމް ތެރޭގައި އިސްކޮށް އުޅުނު އެކްޓިވިސްޓެއްކަމަށްވާ އަލީ ޝާހިދު "ސްޓެޕް އައްޔަ" ބުނެފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް މިހާރު ތެދުވެފައިވާ "މޯލްޑިވްސް ޔޫތު ފޯސް"އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ސްޓެޕް އައްޔަ ބުނެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ބޭރު ފަރާތްތަކުން ފަންޑުކޮށްގެން، އަދި ޕީޕީއެމްއަށް ފަންޑު ހޯދަންވެގެން ޕީޕީއެމްއާ ޕީއެންސީ ގުޅިގެން ހިންގާ ބޮޑު ޖަރީމާއެެއް ކަމަށެވެ.

"އައްޔަ ހަމަޔަގީނުންވެސް މަސައްކަތް ކުރީ މިވީ ދުވަސްތަކުގެ ތެރޭގައި ޕީޕީއެމްއާ އެކީގައި ވަރަށް އިޚުލާސްތެރިކަމާއެކީގައި ޤައުމު ދިފާއު ކުރުމުގައި. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ މަންޒަރު ތަކުން އެއީ ގަބޫލުކުރެވޭނެ ކަމަކަށް ނުވީމަ އޭގެތެރެއިން ނިކުންނަށް ޖެހުނީ. "އިންޑިއާ އައުޓް" ހަރަކާތަކީ ބޭރު ފަރާތްތަކުން ފަންޑުކޮށްގެން، އަދި ފަންޑު ހޯދަންވެގެން ޕީޕީއެމްއާ ޕީއެންސީ ގުޅިގެން ހިންގާ ބޮޑު ޖަރީމާއެެއް. މިފަދަ ޖަރީމާތައް އެތާ އެތެރޭގައި ބޮއްސުންލައިގެން ގޮސް ފެނިފަ ހުރީމާ އައްޔަ ބޭނުންވީ ޤައުމާ ދިވެހި ރައްޔިތުންގެ ހައްޤުގައި އިންޑިއާ އައުޓް ހަރަކާތުން ދުރައްޖެހިލަން." ސްޓެޕް އައްޔަ ބުނެފައިވެއެވެ.

އައްޔަ ބުނީ އިންޑިއާ ޖެހިގަނެގެން އުޅެވޭކަށެއް ނެތް ކަމަށާއި މީގެ ހުރިހާ ދެރައެއް ލިބޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. އަދި ރައްޔިތުން މަގުމައްޗަށް ނެރެފަ ހުރިހާ ބޮޑުން ތިބެނީ ގޭގައި ކަމަށާއި ބޭރުޤައުމުތަކުން ލިބޭ ހުރިހާ ފައިސާއަކީ ޕާޓީގެ ލީޑަރު ބޭނުން ގޮތެއް ހަދަން އޮންނަ އެއްޗެއް ކަމަށެވެ.

"މިތާކު ކެންސަރަށް ފަރުވާ ކުރެވޭނެ ގޮތެއްވެސް ނެތް. ސިއްޚީ ފަރުވާ ކުރަން ޖެހުނަސް ދާންޖެހެނީ އިންޑިއާއަށް. އިންޑިއާ އަށް ނުގޮސް ފަރުޖެހޭކަށެއްނެތް. އަޅުގަނޑު ބޭނުމެއްނޫން ސްރީލަންކާއަށް ވީގޮތް މި ޤައުމަށް ވާކަށް." އައްޔަ ބުންޏެވެ.

ސްޓެޕް އައްޔަގެ މި މިސެޖަކީ "އިންޑިއާ އައުޓް" އާ ދެކޮޅަށް ހަރަކާތްތެރިވާ މޯލްޑިވްސް ޔޫތު ފޯސްއާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ހެއްކެވެ. ޒުވާނުންތަކެއް އިސްވެ އުފައްދާފައިވާ މޯލްޑިވްސް ޔޫތު ފޯސްއިން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި މުޒާހަރާވެސް ކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *