އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށް އެމަނިކުފާނުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި އެންމެ ގާތުން މަސައްކަތްކުރެއްވި އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސް ވަހީދުގެ ވެރިކަމުގައިވެސް އަހުމަދު އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިކަމަށާއި ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެ އެމްއެމްޕީއާރުސީން ރަށްރަށް ވިއްކާގޮތަށް ހަމަޖެއްސެވި ކަމަށެވެ.
"އަދީބް ޓޫރިޒަމް މިނިސްޓަރަށް ހުރި 2012 އަދި 2013 ވަނަ އަހަރު ރައީސް ވަހީދުގެ ވެރިކަމުގައިވެސް. އަދި އެމްއެމްޕީއާރުސީވެސް އޮތް. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް އައިސް 2014 ވަނަ އަހަރު އެމްއެމްޕީއާރުސީން ރަށްރަށް ވިއްކާ ގޮތަށް ރައީސް އޮފީހުން އޮވްޖެކްޓިވްސް ބަދަލުކޮށްގެން އެމްއެމްޕީއާރުސީގެ ދަށަށް ރަށްތައް ލީ ސީދާ ރައީސް ޔާމީން." މުއާޒް ވިދާޅުވިއެވެ.
އަދި 2014 އަދި 2015 ވަނަ އަހަރު 450 މިލިޔަން ރުފިޔާ ރައީސް ޔާމީންގެ އެކައުންޓަށް ކޭޝްގެ ގޮތުގައި ޖަމާކޮށްފައިވާކަމަށާއި މީގެއިތުރުން އެތައް މިލިޔަން ޑޮލަރެއް ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ، އަހުމަދު އަދީބުގެ އެކައުންޓަށް އެއްވެސް ޑޮލަރެއް ވަދެފައި ނެތްކަމަށާއި އަދި އަދީބުގެ އެއްވެސް ވިޔަފާރިއެއްވެސް ނެތް ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ އަޤީޤީ އިސްމޭސްތިރިޔަކީ ސީދާ ރައީސް ޔާމީން ކަމަށް މުއާޒް ވިދާޅުވިއެވެ.
4 Responses
މިހާރު ހީވާގޮތުން މުއާޒު އަށްވެސް އަދީބުގެ ދީލަތި އެހީލިބިފައިވާކަންޔަގީން ތިމުވާޒުއަކީ ވެސް ހިހޫތަނުންކާންއުޅޭމީހެއް
މި ކޮން ކޯހެއް ގޮވާގަމާރެއް
މިގޮތައް އެކިކޮޅުކޮޅަށް ދުވެނަގާމީހުންގެ ދޫފަރިތަވާނެ ދޮގުބުހުތާން ވާހަކަ ދައްކަން. ކފައިސާފޮތިދަޢްކާޅލީ ދޫއެނބުރޭނެ އެއަތަކަށް. އެހުންނަނީ އެއްވެސް އުރައްޕެއް ހުންނަވާހަކައެއްނޫން. ތިޔަކަންތައް ތިހެންހިނގަން ފެށީމާ މަޤާމުން އިސްތިއުފާދެއްވާ ޕަބްލިކަށް ނިކުންނަވާ ރައްޔިތިންނަށް ކީއްވެބާ ނުއިއްވާ އިނާ؟ ހިއްސާއެއްވަރު
މުއާ ކަލޭ ކުރިން ޖަންގިޔާލީ މިހާރުނުލާތިއުޅެނީ