Ad

ދައުލަތުގެ އާގުބޯޓް ކުންފުނިން ފައިދާވާން ފަށައިފި!

ދައުލަތުގެ އާގުބޯޓް ކުންފުނިކަމުގައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ފައިދާ ވާން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދެވެ. އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، މިދިޔަ ނޮވެމްބަރ މަހުން ފެށިގެން އެމްއެސްއެސްއަކީ ފައިދާވާ ކުންފުންޏަކަށް ހެދިފައިވާކަމަށެވެ. މިހާރު ކުންފުނި ހިންގަމުންދަނީ ފައިދާގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރެއިން އެމްއެސްއެސްއަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އޮންނާނެކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންއަކީ މިހާރު ފައިދާވާ ކުންފުންޏެއްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

"ކުންފުނީގެ މާލީ ހާލަތު އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅު ވެއްޖެއޭ އިނގޭތޯ. އަޅުގަނޑުމެން ހަމަ ޕްރޮފިޓަބަލް ކުންފުންޏެއްގެ ގޮތުގައި ރަންމިކުރަނީ މިދިޔަ ނޮވެމްބަރުން ފެށިގެން. އަޅުގަނޑުމެން ހަމަ މެއިންޓެއިން ކުރާނަން މި ޕްރޮފިޓަބިލިޓީ. މެއިންޓެއިންކޮށްގެން އަޅުގަނޑުމެންނަކީ އެސްޓީއޯގެ ސަބްސިޑަރީތަކުގެ ތެރެއިން ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހަމަ އޮންނާނެ އިނގޭތޯ. އެޔަޤީންކަން އެބައޮތް އަޅުގަނޑުމެންނަށް. ރާއްޖޭގެ ހާލަތަށް ދަންނަވަންޏާ މިހާރު އަޅުގަނޑަށް ދެންނެވިދާނެ ޕެންޑަމިކްގެ ކުރީގައި މުދާ އެތެރެކުރި ވަރަށްވުރެވެސް މިހާރު ގިނަވެއްޖެއޭ. އެހެންވީމަ ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅު." ސަޢީދު ވިދާޅުވިއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. އެއީ ކޯވިޑް-19ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައެވެ.

އެމްއެސްއެސްއިން އެންމެ ފަހުން ގަތް ބޯޓު އެމްއެސްއެސް ކްރޮމް މުދަލާއިއެކު މިހާރު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައެވެ. އަދި މިމަހު އިތުރު ބޯޓެއް ގެނެސް ސިންގަޕޫރާއި ރާއްޖެއާދެމެދު ދަތުރުފަށަން އެ ކުންފުނިން ވަނީ ތައްޔާރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *