ޖަރުމަނުވިލާތުގައި މިދިޔަ އަހަރު 15،500 އަށް ވުރެ ގިނަ ކުދިންނަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ ކުށުގެ ތަފާސް ހިސާބުތަކުގެ ދައްކައިފިއެވެ.
ބާލިންގައި ހޯމަ ދުވަހު ނޫސްވެރިންނަށް ހުށަހެޅި ފުލުހުންގެ ކުށުގެ ތަފާސްހިސާބު މައުލޫމާތު ދެއްވަމުން ޖަރުމަނުވިލާތުގެ ޖިނާއީ ފުލުހުންގެ އެންމެ އިސް އޮފިޝަލު ވިދާޅުވީ، 2021 ވަނައަރު 39،000 އަށް ވުރެ ގިނަ މައްސަލަ – ނުވަތަ 108.8 ޕަސެންޓް މައްސަލަ އިތުރުވެފައިވާ ވަމަށެވެ.
މި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ތަސްވީރުތައް ބެހުމާއި، ހޯދުމާއި، ގެންގުޅުމާއި، އުފެއްދުން ހިމެނެއެވެ. މި ރިޕޯޓުގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން އެނގޭ މައްސަލަތައް 6.3 ޕަސެންޓް އިތުރުވީއިރު އެއީ 15،500 އަށް ވުރެ ގިނަ މައްސަލައެވެ.
އަހަރީ އަދަދުތަކުގައި ހިމެނެނީ ހަމައެކަނި ފުލުހުންނަށް އެނގޭ މައްސަލަތަކުގެ ކުޑަ އިންސައްތައެކެވެ. ހަގީގީ އަދަދުތައް އެއަށްވުރެ މާ ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ޖަރުމަނުގެ ފެޑެރަލް ކްރިމިނަލް ޕޮލިސް އޮފީހުގެ ވެރިޔާ ހޯލްގަރ މުއެންޗް ވިދާޅުވިއެވެ.
ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޖަރުމަނުގެ ކޮންމެ ސްކޫލް ކްލާހަކުން އެއް ދަރިވަރާއި ދެ ދަރިވަރުންނަށް ޖިންސީ އަނިޔާގެ އަސަރު ވަނީ ކޮށްފައެވެ.
މީގެ އިތުރުން މުއެންޗް ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާގެ ޝައްކު ކުރެވޭތީ މީގެކުރިއަށް ވުރެ ގިނަ މީހުން ރިޕޯޓު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް މިކަމަށް މަރުހަބާ ކިޔަން: މުޖުތަމައުގެ އެންމެ ބަލިކަށި މެމްބަރުންގެ ގޮތުގައި ހިމެނޭ ކުޑަކުދިންނާއި ޒުވާނުންނަށް ކުރާ ބޮޑެތި އަނިޔާވެރި އަމަލުތައް ވަކިން ގާނޫނާ ހިލާފުކޮށް، ދައުވާކޮށް ނިމުމަކަށް ގެންނަންޖެހޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ހަބަކަށް ޔޫރަޕް!
ޖަރުމަނުގެ މިނިވަން ކޮމިޝަނަރު އޮން ޗައިލްޑް ސެކްޝުއަލް އެބިއުސް ކެރްސްޓިން ކްލޯސް ފާހަގަކުރެއްވި ގޮތުގައި ޔޫރަޕް ވެފައިވަނީ އަނިޔާގެ ތަސްވީރުތައް ފެތުރުމުގެ މަރުކަޒަކަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ ޔޫރަޕްގެ އެއްބާރުލުން އިތުރުކޮށް، ތަހުގީގުކުރާ ފަރާތްތަކުގެ އިންސާނީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ވަރަށް ބޮޑަށް އިތުރު އިންވެސްޓްމަންޓްތަކެއް،" ކެރްސްޓިން ކްލޯސް ޑިމާންޑް ކުރެއްވިއެވެ.
"އަހަރެން ހަގީގަތުގައި ވެސް ސިއްސައިގެން ގޮސް ސިއްސައިގެން ގޮސްފިން،" ކޮލޯން ޕޮލިސްގެ ރައީސް ފޯކް ޝްނަބެލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.