Ad

އެއްލައްކައަށްވުރެ ގިނަ ޑޯޒް ވެކްސިން އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކޮށްފި

އެމެރިކާއިން ރާއްޖެއަށް 100،620 ޑޯޒް ފައިޒާ ވެކްސިންގ ހަދިޔާ ކޮށްފިއެވެ. މިވެކްސިން ހަދިޔާކުރީ ކޮވެކްސް މެދުވެރިކޮށެވެ

ރާއްޖޭގައި ހަރަކާތްތެރިވާ އެމެރިކާގެ މިޝަނުން ހާމަކުރިގޮތުގައި އެއިދާރާއިން ދަނީ އެމެރިކަން އެޖެންސީސް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގާ، ދުނިޔޭގެ ގިނަ ބަޔަކަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދެމުނެވެ.

ރާއްޖޭގެ އެކި އަތޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެކު ވެކްސިން ޖެހުމަށް އެމެރިކާއިން ދަނީ މައުލޫމާތު ފޯރުކޮށް ދެމުންނެވެ.

ކޯވިޑްގެ ޕެންޑަމިކް ފެށުނު ފަހުން ޔޫއެސްއޭ.އެއިޑްގެ ފަރާތުން ވަނީ 7 މިލިއަން ޑޮލަރުގެ ކޯވިޑްގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން 60 ވެންޓިލޭޓަރު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި އެހީތެރިކަމުގެ ތެރެއިން
ފުރާނަ ސަލާމަތް ކުރަނިވި ފަރުވާދެވި، އިޖުތިމާއި ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކޮށް، ކޮވިޑާއި ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްޓަން ކުރުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު، އެމެރިކާއިން ވަނީ 1.2 ބިލިއަން ޑޯޒް ވެކްސިން ހަދިޔާ ކުރުމަށް ވައުދުވެފައިވެއެވެ. އެގޮތުން މިއަހަރުގެ އޭޕްރީމް މަހާއި ހަމައަށް 533 މިލިޔަނަށް ވުރެ ގިނަ ވެކްސިން ޑޯޒް 115 ޤައުމަށް ވަނީ ފޯރުކޮށް ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *