Ad

އިންޑިއާއިން ރަސޫލާއަށް ފުރައްސާރަ ކުރުމުން ރާއްޖޭން ފުރަތަމަ އެކަން ކުއްވެރި ކުރެއްވި ސިޔާސީ ލީޑަރަކީ ޤާސިމް!

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމަށްވާ ބީޖޭޕީގެ ތަރުޖަމާނަކާއި، އެޕާޓީގެ ލީޑަރަކު ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާއަށް ތައުހީނުކޮށް ފުރައްސާރަ ކުރި މައްސަލަ ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާހިމް ކުށްވެރިކޮށްފިއެވެ.

މިމައްސަލައިގައި މުޅި އިސްލާމީ އުއްމަތް ދަނީ ކަންބޮޑުވުން ފާޅުކޮށް މިޢަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރަމުންނެވެ.

ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާއަށް ތައުހީނުކޮށް ފުރައްސާރަ ކުރި މައްސަލައިގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ދަނީ މިޢަމަލު ކުއްވެރިކޮށް ބަޔާންތައް ނެރެ އަޑު އުފުލަމުންނެވެ. ނަމަވެސް އަމިއްލަފުޅު އެކައުންޓުން، އަމިއްލަފުޅު ހައިސިއްޔަތު ބޭނުންފުޅު ކުރައްވައިގެން މިމައްސަލަ މިހާތަނަށް ކުއްވެރި ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ޤާސިމް އިބްރާހީމެެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ބޭއްވުނު އެންމެ ބޮޑު އެއްވުން ކަމުގައިވާ 23 ޑިސެމްބަރ އެއްވުމަށް ޚަރަދުކުރައްވާ މި އެއްވުން ލީޑްކުރެއްވި އެއްބޭފުޅަކީ ޤާސިމް އިބްރާހީމެވެ. އިސްލާމް ދީނަށް ދައުވަތު ދިނުމާއި ނަސްރު ހޯދުމަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގައި އަބަދުވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *