Ad

2018 ނޮވެމްބަރގެ ކުރިން ތަޢުލީމީ ދާއީރާގެ އުމުރާނީ ތަރަށްޤީއަށް އަޅާލަންވާ ވަރަށް އަޅާލާފައެއް ނެތް: އެޑިއުކޭޝަން މިނިސްޓަރ

2018 ނޮވެމްބަރގެ ކުރިން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އުމުރާނީ ތަރައްޤީއަށް އަޅާލަންވާ ވަރަށް އަޅާލާފައި ނުވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އައިޝަތު ޢާލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެކަށީގެންވާ ވަރަށް ސްކޫލްތަކުގެ ޖާގަ ތަނަވަސްކޮށްދީފައި ނެތުން އެއީ ކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލެއް ކަމަށް ދެކެވަޑައިގަންނަވަމުތޯ ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު ޢަބްދުﷲ ޝަފީޤު ކުރެއްވި ސުވާކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ 2018 ނޮވެމްބަރ މަހުން ފެށިގެން މިއަދާއި ހަމައަށް ވަރަށް ގިނަ ޕްރޮޖެކްޓް ހިންގިފައިވާ ކަމަށެވެ. އަދި ބައެއް ތަފުސީލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާމަކޮށްދެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޕްރޮޖެކްޓްތަކުގެ އަދަދު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

  • 30 ޕްރޮޖެކްޓެއް ނިންމާ އިމާރާތްތަކުގެ ބޭނުން ކުރަމުން އެބަދޭ.
  • 89 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދޭ.
  • 33 ޕްރޮޖެކްޓް ޓެންޑަރ ބޯޑަށް ފޮނުވުމުގެ މަރުޙަލާގައި.
  • 15 ޕްރޮޖެކްޓް މިވަގުތު ޓެންޑަރ ބޯޑްގައި. 
  • 45 އާ ޕްރޮޖެކްޓް ފެށުމުގެ މަސައްކަތް ހިނގަމުންދަނީ. 

މިނިސްޓަރ ވިދާޅުވިގޮތުގައި ބައެއް ރަށްރަށުގައި ސްކޫލްތަކަށް ބިން ކަނޑައަޅާފައިހުރީ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބަލައިގެންނެއް ނޫނެވެ. ނަމަވެސް އަނެއްބައި ރަށްރަށުގައި ވަރަށް ރަނގަޅަށްވެސް މިކަން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ސްކޫލްތައް ރަނގަޅަށް ތަރައްޤީވަމުން އަންނާތީ މާލޭގައި ދިރިުޅެމުންދިޔަ ބައެއް މީހުން އަލުން އަނބުރާ ރަށްވެސް ބަދަލުުމުން އިތުރު ޖާގަ ރަށްތަކަށް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *