“އެފަދަ ފުރުސަތެއް އެބައޮތް. އެގައުމުގެ ޝަރުތުތައް ކަނޑައެޅީ ރަޝިޔާގެ ރައީސް އާއި ފޮރިން މިނިސްޓަރު” ދެކުނު އޭޝިއާގެ އެގައުމްތަކަށް ރަޝިޔާއިން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ޒަމީރު ކަބުލޯވް ވިދާޅުވި އެވެ.
ރަޝިޔާގެ ހާއްސަ މަންދޫބު ވިދާޅުވީ ތާލިބާނުންގެ ވަގުތީ ސަރުކާރު މޮސްކޯއިން ބަލައިގަނެފާނެ ކަމަށާއި ރަޝިއާއަށް ކުރިމަތިވެދާނެ ކާބޯތަކެތީގެ ދަތިކަން ކުޑަކުރުމަށް ދެކުނު އޭޝިއާގެ ދަނޑުވެރިކަމުގެ ބާވަތްތައް ހާއްސަކޮށްފައިވާ ކަމަށެވެ.
“އެފަދަ ފުރުސަތެއް އެބައޮތް. އޭގެ ޝަރުތުތައް ކަނޑައެޅީ ރަޝިޔާގެ ރައީސް އާއި ފޮރިން މިނިސްޓަރު” ރަޝިޔާގެ ދައުލަތުގެ ޓީވީ ޗެނަލް ވަން ރަޝިޔާއަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ކަބޫލޯވް ވިދާޅުވި އެވެ.
ކަބޫލޯވް ވިދާޅުވީ ތާލިބާނުންގެ ވަގުތީ ސަރުކާރު ބަލައިގަތުމާ ގުޅިގެން އެމެރިކާއާއި އެހެން ގައުމުތަކަށް ރަޝިޔާއިން ތަބާނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ތާލިބާނުން ރަޝިޔާއަށް އެއްބާރުލުންދީ، ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ޤާނޫނުތަކާއި އެއްގޮތަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.
ކަބޫލޯވް ވިދާޅުވީ ތާލިބާން ސަރުކާރުގެ ޑެޕިއުޓީ ޓްރޭޑް މިނިސްޓަރު މޮސްކޯއަށް ވަޑައިގަންނަވާނެ ކަމަށާއި އަފްޣާނިސްތާނުން ބައެއް އުފެއްދުންތައް ގަންނަން ބޭނުންވާ ކަމަށާއި ދަނޑުވެރިކަމުގެ ބާވަތްތައް އަފްޣާނިސްތާނަށް ހާއްސަ ކުރުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުއްދަ ދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.