Ad

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެ މިދަނީ ބޮޑު ކާރިސާއަކާއި ދިމާލަށް: ޗައިނާގެ ރައީސް

އަމިއްލަ އިހުތިޔާރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެ މިދަނީ ބޮޑު ކާރިސާއަކާއި ދިމާލަށް ކަމަށް ވިދާޅުވެ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވާހަކަފުޅު ދައްކަވައިފިއެވެ.

ޝީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ބްރިކްސް ބިޒްނަސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާގެ ރައީސް ޝީ ވިދާޅުވީ ބައިނަލްއަގްވާމީ އިޤުތިސާދީ އަދި މާލީ ނިޒާމުގައި އެބައެއްގެ ބާރާއި ނުފޫޒުގެ ބޭނުން ހިފައިގެން މުޅި ދުނިޔޭގެ އިގްތިސާދު ސިޔާސީކޮށް، ހަތިޔާރުކަށް ހަދައިގެން، ގަސްތުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާ، އަދި އެންމެފަހުން އެހެން މީހުންނާއި، އަމިއްލަ މީހުންނަށްވެސް ގެއްލުންދީ، އިންސާނިއްޔަތު ބޮޑު ކާރިސާއެއްގެ ތެރެޔަށް ވައްޓާލާފައިވާ ކަމަށެވެ.

ރަސީއާ އާއި ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އެޤައުމުތަކުގެ ރައްޔިތުންނަށެވެ. އަދި މިކަމުގެ އަސަރުން މުޅި ދުނިޔެ މިހާރުވަނީ ހާސްކަމެއްގެ ތެރެޔަށް ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *