Ad

ރިސޯޓް ލީގު: ޗެމްޕިއަން ކަން ކަނޑިމާ ރިޒޯޓަށް، އެންމެ މޮޅު ކޯޗަކަށް އިސްމަ

އިންޓަރ ރިސޯޓް ލީގުގައި ދާލު ޒޯންގެ ޗެމްޕިއަންކަން ކަނޑިންމަ ރިޒޯޓް ހޯފައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެ ރިޒޯޓުން ހޯދީ ކުޅުނު ހުރިމާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރިކޯޑަކާ އެކީގައެވެ. މުބާރާތުގެ ފައިނަލްގައި ނިޔާމަ ރިސޯޓާ ބައްދަލުކޮށް ކަނޑިމަ ޗެމްޕިއަންކަން ހޯދީ 3-2 ލަނޑުން މެޗް ކާމިޔާބުކޮށްގެން ނެވެ. މެޗްގެ ހުރިހާ ގޯލެއްވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. މި މުބާރާތާއެކު ކަނޑިމާ މޯލްޑިވްސް ވަނީ އެންމެ ފަހުން ބޭއްވި 3 މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މި 3 މުބާރާތުގެ ޗެމްޕިއަންކަން އެ ރިޒޯޓުން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެއީ 2018، 2020 އަދި 2022 އެވެ. މި 3 އަހަރުވެސް ކަނޑިމައަށް ތަށި ހޯދައިދިނީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކޯޗް އިސްމާއީލް އިބްރާހިމް (އިސްމަ)އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށްވެސް ހޮވުނީ އިސްމައެވެ. އޭނާ ވަނީ 2020 ވަނަ އަހަރުވެސް އެންމެ މޮޅު ކޯޗްގެ މަޤާމް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *