Ad

މަސްތުވާތަކެއްޗާ ދެކޮޅަށް ޗައިނާއިން ކުރާ ހަނގުރާމައަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް ގޮންޖެހުންތައް ވަރަށްގިނަ ކަމަށް އެޤައުމުން ބުނެފި

މަސްތުވާތަކެއްޗާ ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުއްވެރިންނަށް ހަރުކަށި އަދަބު ދެމުން އަނާތީ މަސްތުވާތަކެތީގެ މައްސަލަތައް މަދުވަމުންދިޔަނަމަވެސް، މަނާ މަސްތުވާތަކެތީގެ އާ ވައްތަރުތައް ތަޢާރަފްކުރުމާއި ޓްރެފިކް ކުރުމުގެ އުސޫލުތައް އަދިވެސް އޮތީ ބޮޑު ގޮންޖެހުމެއްގައެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މިންވަރު ވަނީ ދަށްވެފައި

މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގެ އަދަދު 2017 ވަނަ އަހަރު 140،000 އަށް އެރިއެވެ. މިއަދަދު 2021 ވަނަ އަހަރު ވަނީ 54،000 އަށް ދަށްވެފައެވެ. ޖެހިޖެހިގެން ފަސް އަހަރު އެވްރެޖްކޮށް އަހަރަކު 20 ޕަސެންޓަށް ވުރެ މަދުވެފައިވާ ކަމަށް ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން ވަނީ ހާމަކޮށްފައެވެ.

2021 ވަނަ އަހަރު ނިމުނުއިރު ޗައިނާގައި ގާތްގަނޑަކަށް 1.49 މިލިއަން މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވެއެވެ. 2016 ވަނަ އަހަރާ އަޅާބަލާއިރު 42.1 ޕަސެންޓް ދަށްވެފައިވާއިރު، އޭގެ ތެރޭގައި އަލަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ހުރީ 121،000 އެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެއްޗާ ގުޅުންހުރި ޖިނާއީ މައްސަލަތައްވެސް ޗައިނާގައި މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

2021 ވަނަ އަހަރު ޗައިނާގެ ކޯޓުތަކުން މަސްތުވާތަކެއްޗާ ގުޅުން ހުރި 56،000 ޖިނާއީ މައްސަލަ ނިންމާފައިވެއެވެ. މިއީ 2015 ވަނަ އަހަރު 139،000 މައްސަލައާ އަޅާބަލާއިރު ގާތްގަނޑަކަށް 60 ޕަސެންޓް ދަށް ވުމެކެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ބައިވެރިވާ ކުށްވެރިންނަށް ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި މުޅި ޗައިނާގެ ކޯޓުތަކުން އަބަދުވެސް ހަރުކަށި އަދަބުތައް ދެމުން އަންނައިރު، ކުށުގެ ނިސްބަތަކީ 23.09 ޕަސެންޓް ކަމަށާއި އޭގެ މާނައަކީ މަދުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް އެގައުމުގެ މަތީ ކޯޓުން ބުނެފި އެވެ.

މިހާރު ޗައިނާގައި މަސްތުވާތަކެއްޗާއި ސައިކޮޓްރޮޕިކް ކުރުމަށް ވެސް ވަނީ ގާނޫނީ ޤާނޫނީ އަދަބުތައް ކަންޑައެޅިފައެވެ.

އެގައުމުގައި މިހާރު ކޮންޓްރޯލް ކުރެވޭ މަސްތުވާތަކެތީގެ ލިސްޓުގައި 449 ވައްތަރެއްގެ މަސްތުވާތަކެއްޗާއި ސައިކޮޓްރޮޕިކް މާއްދާ ހިމެނޭއިރު، އޭގެ ތެރެއިން 58 ބާވަތެއް މިދިޔަ އަހަރު ވަނީ އިތުރުކޮށްފަ އެވެ.

"މިހާރު ޗައިނާއަކީ އެންމެ ގިނައިން ލިސްޓްކޮށްފައިވާ ކޮންޓްރޯލްޑް ޑްރަގްސް އަދި ދުނިޔޭގައި ވެސް އެންމެ ހަރުކަށި މަސްތުވާތަކެތި ކޮންޓްރޯލްކުރާ ގައުމު،" ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ވެރިޔާ ލިއަންގް ޔޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.

ޗައިނާގެ މެދުތެރޭގެ ހުނާން ޕްރޮވިންސްގެ ޗަންގްޝާ ސިޓީން ފުލުހުން އަތުލައިގަތް ސިންތެޓިކް ކެނަބިނޮއިޑްސް، ޑިސެމްބަރު 13، 2021. /ސީއެފްޕީ

ކުރިއަށް އޮތް ގޮންޖެހުންތައް

މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ޗައިނާ ކުރި މަސައްކަތުން ހޯދި ކާމިޔާބީތަކުގެ ވާހަކަ ދައްކަމުން، ލިއަންގް ވަނީ ޗައިނާއަށް  މަސްތުވާތަކެތި ވަގަށް އެތެރެކޮށް، އޮންލައިންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ގޮންޖެހުންތަކާ ކުރިމަތިލާއިރު އަދިވެސް މިކަން ވެގެން މިދަނީ ހައްލުކުރަން ދަތި ގޮންޖެހުމަކަށެވެ.

މައިގަނޑު ގޮތެއްގައި މަސްތުވާތަކެތި ޗައިނާއަށް އެތެރެކުރަނީ ބައިނަލްއަގްވާމީ މަގުތަކުންނެވެ. ބޮޑުބައެއް އެތެރެކުރަނީ ކަނޑުމަގުން ކަަމަށް ރެކޯޑް ތަކުން ދައްކައެވެ.

ޗައިނާއިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން 2021 ވަނަ އަހަރު އަތުލައިގަތް 1.81 ޓަނުގެ ހެރޮއިންގެ ތެރެއިން ގާތްގަނޑަކަށް 98.8 ޕަސެންޓާއި އަތުލައިގަތް 15 ޓަނުގެ މެތަމްފެޓަމިންގެ ތެރެއިން 89.3 ޕަސެންޓް އަތުލާފައިވަނީ ކަނޑުމަގުންނެވެ.

އެސްޕީސީން ބުނާ ގޮތުގައި ގަދަ ތިން މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން، މެތަމްފެޓަމިން އަދި ކެޓަމިން ހިމެނޭއިރު، ފާއިތުވި އަހަރުތަކުގައި މުޅި ގައުމުގައި ސިންތެޓިކް ކެނަބިނޮއިޑްސް އަދި މެތްކެތިނޯން ފަދަ އާ ބާވަތްތަކުގެ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތައް ދަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ގިނަ ކުށްވެރިން އިންޓަނެޓާއި އިންފޮމޭޝަން ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތައް ހިންގާކަން ފާހަގަ ކުރެވި، އެގައުމުގެ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރީގައި ސޯޝަލް މީޑިއާ ޓޫލްސް އާއި ސެކަންޑްހެންޑް ޓްރޭޑިން ޕްލެޓްފޯމްތަކާއި ގޭމް ވެބްސައިޓްތައް ހިމެނޭ ގޮތަށް އެކި ޕްލެޓްފޯމްތައް ބޭނުންކުރާއިރު، ޕޭމަންޓްތައް ދައްކަނީ ވާޗުއަލް އަދި ގޭމިން ކަރަންސީތަކުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *