Ad

ކުރިއަށް އޮތް ފަސް އަހަރަކީ ހޮންކޮންގަށް ކުރިއެރުންތަކެއް ހޯދުމަށް "މުހިންމު ވަގުތެއް"

"އެއް ގައުމެއް، ދެ ނިޒާމެއް" ތަންފީޒު ކުރުމުގައި މުޅި ދުނިޔެވެސް ގަބޫލުކުރާ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.  ރައީސް ޝީ މިހެން ވިދާޅުވީ ހޮންކޮންގް އަށް ހުކުރު ދުވަހު ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝީ މިހެން ވިދާޅުވީ ހޮންކޮންގް ޗައިނާއަށް ބަދަލުވިތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ބައްދަލުވުމަށާއި ހޮންގކޮންގްގެ ސަރުކާރު ހަވަނަ ދައުރަކަށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ.

ޝީ ވިދާޅުވީ ހޮންކޮންގް ހިންގަން ޗައިނާއަށް ލިބުމުން އެގައުމުގެ ތާރީހުގައި އާ ޒަމާނެއް ހުޅުވިގެންދިޔަ ކަމަށެވެ. އަދި ހަލުވި އިގްތިސާދީ ތަރައްގީގެ އަޖައިބަކަށް ހޮންގކޮންގް ބަދަލު ނުކުރެވޭނެ ކަމަށް ބައެއް މީހުން ޤަބޫލުކުރި ކަމަށްވެސް ވިދާޅުވިއެވެ.

ހޮންކޮންގް ވެފައިވަނީ ޗައިނާގެ ޖުމްލަ ތަރައްގީގެ މުހިންމު ބަޔަކަށް ކަމަށާއި ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކާ ރައްޔިތުންގެ ހީވާގިކަމާއެކު ގުޅިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ވަރަށް މިނިވަން އަދި ހުޅުވާލެވިފައިވާ، ހޮންގްކޮންގް ކުރިއަށް ދިޔައީ ބައިނަލްއަޤްވާމީ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަރުގަދަ ކަންކަން ދަމަހައްޓައިގެން ކަމަށްވެސް ޝީ ވިދާޅުވިއެވެ.

ޗައިނާ އާ ޒަމާނަކަށް ހުޅުވުމުގައި ހޮންކޮންގުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރަކީ ހޮންކޮންގަށް ކުރިއެރުންތަކެއް ހޯދުމަށް މުހިންމު އަހަރަކަށް ވާނެ ކަމަށް ޝީ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *