Ad
ނިއުސް އިން އޭޝިއާގެ ކާޓޫން ކުރެހުމެއް.
ނިއުސް އިން އޭޝިއާގެ ކާޓޫން ކުރެހުމެއް.

މުޒާހިރާކުރާ މީހުން ބޮޑުވަޒީރު އޮފީހަށް ވަދެއްޖެ އަދި ދައުލަތުގެ ޓީވީ ޓެލެކާސްޓް ކުރުން ހުއްޓަން މަޖުބޫރުކޮށްފި

ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އެކްޓިން ރައީސް ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އައްޔަން ކުރެއްވުމާއި ގުޅިގެން އަނެއްކާވެސް ލަންކާގެ މަސްރަހު ހޫނުވެ، މުޒާހިރާކުރާ ރައްޔިތުން ބޮޑުވަޒީރުގެ އޮފީހަށް ވަދެ އަދި ސްޓޭޓް ޓީވީ ސްޓޭޝަންގެ ޓެލެކާސްޓްތައް ބަންދުކުރަން މަޖުބޫރު ކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއު އިއުލާން ކުރި ނަމަވެސް، ބޮޑުވަޒީރުގެ އޮފީހަށް ގިނަ ބަޔަކު ހަމަލާދީ އެ އޮފީހަށް ގިނަ ބަޔަކުވަނީ ވަދެފައެވެ. އަދި ދައުލަތުގެ ޓީވީ ސްޓޭޝަންތައް ކަމަށްވާ ސްރީލަންކާ ރުޕަވާހިނި ކޯޕަރޭޝަނާއި އަމިއްލަ ބައެއް ޓެލެވިޜަން ނެޓްވޯކްތަކަށް ހަމަލާދީ ޓެލެކާސްޓްތައް ހުއްޓާލަން މަޖުބޫރުކުރިއެވެ. މުޒާހިރާކުރާ މީހުން ޑިމާންޑް ކުރަމުންދަނީ ވަކިފަރާތަކަށް ނުޖެހި ޚަބަރު ފަތުރާށެވެ.

ޖޭވީޕީގެ ލީޑަރު އަނޫރާ ކުމާރާ ދިސަނާޔަކޭ ވަނީ ރައީސް އާއި ބޮޑުވަޒީރު ވެސް ވަގުތުން އިސްތިއުފާ ދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ބޮޑުވަޒީރާ ގުޅޭ ގޮތުން ނިންމުންތައް ނިންމަވާ އިއުލާންކޮށްފައި ގޮޓަބަޔާ ރާޖަޕަކްސާ ދިވެހިރާއްޖޭގެ ހިމާޔަތުގައި ހުންނަވައިގެން ކަމަށް ދުނިޔޭގެ މީޑިއާތަކުން ދަނީ ޚަބަރު ފަތުރަމުންނެވެ.

މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ ވަނީ އެކްޓިން ރައީސް ކަމަށް ގޮޓަބަޔާ ރާޖަޕަކްސަ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވާފައިވާ ކަމަށާއި "މިއަދުގެ ވަގުތެއްގައި ގޮޓަބަޔާ އިސްތިއުފާ ހުށަހަޅުއްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *