Ad
ފޮޓޯ: ނިއުސް ކަޓަރ
ފޮޓޯ: ނިއުސް ކަޓަރ

ގޮޓަބަޔާ ރާޖަޕަކްސާ ސިންގަޕޫރުގެ ސިޔާސީ ހިމާޔަތް ހޯދައިގެން، ރާއްޖޭން ފުރަން ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތައް ފެތުރިއްޖެ

މިހާރު ދިވެހިރާއްޖޭގައި ހުންނެވި ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ސިންގަޕޫރުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ. މިވާހަކަ އާންމުކޮށްފައިވަނީ ސްރީލަންކާގެ ނިއުސްކަޓަރ އޮންލައިން ނޫހުންނެވެ.

ރާއްޖޭގެ ބައެއް ސޯސްތަކުން ކަމަށްބުނެ ނިއުސްކަޓަރ އިން ރިޕޯޓް ކޮށްފައިވަނީ ގޮޓަބަޔާ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ސިންގަޕޫރުގެ ހިމާޔަތް ކަށަވަރު ކުރުމަށް ފަހު މިރޭ ފްލައިޓް ނަންބަރު SQ437 އިން ފުރާނެ ކަމަށެވެ.

މިހާރު ރައީސް ގޮޓަބަޔާ ހުންނެވީ ވޯލްޑޯފް އެސްޓޯރިއާ އިތަފުށި ރިސޯޓުގައި ކަމަށް ވެސް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މި ވަގުތު ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހުންވެސް މިކަމާއި ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހަދާކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *