Ad

ތ. ވަންދޫ އަޟްހާ ކަޕް ބަށި މުބާރާތުގެ "ބަށި ރާނީ"އަކަށް ލުބުނާ

އަޟްހާ އީދާ ގުޅިގެން ތ. ވަންދޫގައި ބޭއްވި "އަޟްހާ ކަޕް" ބަށި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރާއްޖޭގެ މަޝްހޫރު ބަށި ކުޅުންތެރިޔާ ކާނި ޓީމްގެ އައިޝަތު ލުބުނާ ހޯދައިފިއެވެ.

ޖުމްލަ 3 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުނަ ޓީމެވެ. ފުނަ ޓީމް ޗެމްޕިއަންކަން ހޯދީ 14 ލަނޑު 5 ފޯލިން ކާނިޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކާނި ޓީމަށް ކާމިޔާބުކުރެވުނީ 13 ލަނޑު 11 ފޯއްޔެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ، ކާނި ޓީމްގެ އައިޝަތު ލުބުނާ، ޝަކީބާ މޫސާ، ޗެމްޕިއަން ފުނަ ޓީމުގެ މަރިޔަމް މަރީޝާ، މަރިޔަމް ޝައިހާ އަދި ރަފީއާ އަބްދުއްރަހީމެވެ.

ފުނަ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މަރީޝާ

މުބާރާތުގެ ބަށި ރާނީއަކަށް ހޮވުނީ އައިޝަތު ލުބުނާއެވެ. ލ. ގަމަށް ނިސްބަތްވާ އައިޝަތު ލުބުނާ ވަނީ ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ބަށި މުބާރާތްތަކުގެ ބަށި ރާނީގެ މަޤާމްވެސް ހޯދާފައެވެ. 

މުބާރާތުގެ ޗެމްޕިއަންޓީމަށް ތަށި ހަވާލުކޮއްދެއްވީ މި މުބާރާތުގެ 1 ސުޕޮންސަރު ސީސީއައިއޭގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ޝިފާނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *