Ad

ކްލަބް ޓީނޭޖް އަށް 4 ބޭރު ކުޅުންތެރިން ގެނެސް މިރޭ ފުރަތަމަ މެޗް ނިއުރޭޑިއަންޓް އާއި ދެކޮޅަށް !

ކްލަބް ޓީނޭޖް އިން މިރޭ ނިއުރޭޑިއަންޓް އާއި ދެކޮޅަށް ނުކުންނައިރު ޓީނޭޖްް ކްލަބަށް ވަނީ ވަރުގަދަ 4 ބޭރު ކުޅުންތެރިން ގެނެސް ފައެވެ. މިގޮތުން މިސްރުގެ ގައުމީ ޓީމަށް ކުޅޭ އަފީފީ އަދި އުޒްބަކިސްތާން ގެ ޑިފެންޑަރު ފުކްރާތަކީ ބަންގްލަދޭޝްގެ ފުރަތަމަ ޑިވިޝަން އަށް ކުޅޭ ކުޅުންތެރިންނެވެ. އަދި މިސްރުގެ މިޑްފީލްޑަރު އަހުމަދު އަކީ ލަންކާ ލީގް އަށް ކުޅޭކުޅުންތެރިއެކެވެ.

ކްލަބް ޓީނޭޖް 2 ވަނަ ޑިވިޝަނަށް ނުކުންނަނީ ވަރަށް ވަރުގަދަކޮށެވެ. ޓީނޭޖް ކްލަބްގެ ޗެއަރމަން ހަމްދު ވިދާޅުވީ އުންމީދަކީ ހުރިހާ މެޗަކުން މޮޅުވެ ފުރަތަމަ ޑިވިޝަނަށް ދަތުރުކުރުމެވެ. ޓީނޭޖް ކްލަބަކީ މިހާރު އެންމެ އޯގަނައިޒް ކޮށް ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވާ އެއް ކްލަބެކެވެ. މިހާރު ކްލަބްގެ ހިންގުންތެރިން ޒުވާންވެފައި އާހިޔާލްތަކާއި އެކީ މިފަހަރު ނުކުންނަނީ ވަރަށް ވަރުގަދަ ކޮށެވެ.

މިރޭ 16 ޖުލައި 2022 ވަނަ ދުވަހުގެ ރޭގަޑު 9 ޖަހާއިރު ޓާފް 1 ވަނަ ދަނޑުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓް އަދި ކްލަބް ޓީނޭޖް އެވެ. މިއީ ގަދަފަދަ ކުރިމަތިލުމަކަށް ވާނެއެވެ.

މިރޭ ނިއުރޭޑިއަންޓް އާއި ދެކޮޅަށް ޓީނޭޖް އިން ނުކުންނަނީ 4 ބޭރުގެ މޮޅު ކުޅުންތެރިންނާއި ގަދަ ދިވެހި ކުޅުންތެރިންތަކަކާއި ވެސް އެކީގައެވެ. ކްލަބް ޓީނޭޖް އިން ބުނަނީ މިރޭ މެޗުން މޮޅުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *