Ad

ފެނުގެ ދަތިކަން ކުޑަކުރުމަށް އަފްޣާނިސްތާނުގެ ދެކުނުގައި އާ ޑޭމްތަކެއް ބިނާކުރަން ފަށައިފި

  • އަފްޣާނިސްތާނުގެ ދެކުނުގެ ކަންދަހާރު ޕްރޮވިންސަކީ މޭބިސްކަދުރާއި އަންނާރު ހެއްދުމުގެ މަޝްހޫރު ޕްރޮވިންސެއް ނަމަވެސް ފެންދަތިވެ ހަނަފަސްކަމުގެ ސަބަބުން އެތަކެތީގެ އުފެއްދުންތެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ފެނުގެ ދަތިކަން ބޮޑުވެފައިވާ މިންވަރަށް ލުއި ދިނުމުގެ ގޮތުން އާ ތިން ޑޭމް ބިނާކުރަން މިހާރު ވަނީ ފަށައިފި އެވެ.

 

އަފްޣާނިސްތާނުގެ ދެކުނުގެ ކަނދަހާރު ޕްރޮވިންސްގައި އާ ތިން ޑޭމް ބިނާކުރަނީ ހަނަފަސްކަމުގައި އެތައް އަހަރެއް ގޮސްފައިވާތީ، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާތީ، ފެނުގެ ދަތިކަން ކުޑަކުރުމަށެވެ.

އާ ޑޭމްތައް ބިނާކުރަނީ ޝާހް ވަލީކޮއްޓާއި ސްޕިން ބޮލްޑަކް ޑިސްޓްރިކްޓްގައެވެ. ސްޕިން ބޮލްޑަކް ޑިސްޓްރިކްޓްގައި އަޅާ ޑޭމަކީ 2.3 މިލިއަން ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑޭމެކެވެ. ގާތްގަނޑަކަށް 400،000 އެމެރިކާ ޑޮލަރު މިޑޭމް ބިނާކުރަން ހޭދަވެއެވެ.

އަނެއް ދެ ޑޭމް ބިނާކުރަނީ ޝާހް ވަލީކޮޓް ޑިސްޓްރިކްޓްގެ މަންޑާކަނޑާ އާއި ލަވާލް ޝާހް ވަލީކޮޓް ސަރަހައްދުތަކުގަ އެވެ.

"މަންޑާ ކަންޑާގައި 1.7 މިލިއަން ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ އެއް ޑޭމް އަޅަނީ ގާތްގަނޑަކަށް 560،000 އެމެރިކާ ޑޮލަރު" ހަރަދުކޮށްގެންނެވެ.

"ތާލިބާނުންގެ ސުޕްރީމް ލީޑަރު މުއްލާ ހިބަތުالله އަޚުންޒާދާ ވެސް ދާދިފަހުން ވަނީ މި 3 ޑޭމް ބިނާކުރުމާއި ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކާފައެވެ.

އާ ޑޭމްތައް އެޅުމުން 2 މިލިއަން އޭކަރުގެ ދަނޑުބިން ފެންހިންދުމުގެ ދަށަށް ދާނެއެވެ. މިޑޭމްތައް ނިމުމާއެކު ކަންދަހާރުގެ ދަނޑުވެރިކަމަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުވެގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *