Ad

މިނިވަންދުވަހު ހޯރަފުށީގައި ތާރުއަޅަން ފަށަނީ!

ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިވަންދުވަހު ރަސްމީ ގޮތުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 8 އޭޕްރީލް 2021 އެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މަގުތައް އެއްވަރު ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. ތާރުއެޅުމަށް ބޭނުންވާ ސާމާނު މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ހޯރަފުށީގެ ބޮޑު މަގުތައް ހިމެނޭހެން 5.3 ކީލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގައި ބައްތި ޖެހުމާއި ފެންހިންދާ ނިޒާމު ވެސް ޤާއިމުކުރާނެއެވެ. މިޕްރޮޖެކްޓަށް 71.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *