މޮރޮކޯއިން ރާއްޖޭގައި އޮނަނަރީ ކޮންސިއުލޭޓެއް ހުޅުވައިފިއެވެ.
މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ޤާއިމުކޮށްފައިވަނީ ހެންވޭރު އަމީރު އަޙްމަދު މަގުގައި ހުންނަ އޭ.ޑީ.ކޭ ޓަވަރުގައެވެ. މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ހުޅުވުމުގެގޮތުން އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަޠީފެވެ.
ފޮރިން ސެކްރެޓަރީގެ އަރިހުގައި މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު މާލިކީއާއި، މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސުލް އަހުމަދު ނާޝިދާއި، ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
First Honorary Consulate of the Kingdom of Morocco in Maldives inaugurated in Malé today by HE Mohamed Maliki Ambassador of HM the King and the Foreign Secretary of the Republic of Maldives HE Ahmed Latheef to provide ease to the Maldivians pic.twitter.com/WIb0pM7aHM
— Morocco@India, Bhutan, Maldives, Nepal & Sri Lanka (@EmbassyMorocco) July 18, 2022
މިއީ މޮރޮކޯއިން ރާއްޖެއާއެކު ޚާރިޖީ ގުޅުން ޤާއިމުކުރިފަހުން މިހާތަނަށް ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ކޮންސިއުލޭޓެވެ. މިއީ ރާއްޖެއާއި މޮރޮކޯއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެގޮތުގައި މޮރޮކޯއިން ދެކެއެވެ.
މޮރޮކޯގެ ސަފީރު މުޙައްމަދު މާލިކީވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަޠީފުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ. ފޮރިން މިނިސްޓްރީގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
https://twitter.com/MoFAmv/status/1549016345475706880?s=20&t=qDT6czLSGrdKwTbn_GFgxA
މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓެއް ރާއްޖޭގައި ޤާއިމުކޮށްފައިވާއިރު، ދިވެހިންނަށް 90 ދުވަހުގެ އޮން-އަރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެ ޤައުމުން ވަނީ ހަމަޖައްސައިދީފައެވެ.
މިކަމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ޙާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 4 ފެބްރުއަރީ 1988 ގައެވެ. މިއަހަރު މި ގުޅުމަށް 34 އަހަރު ވަނީ ފުރިފައެވެ.