Ad

މިއަދު 4 ޖަހާއިރު ގަލޮޅު ދަނޑުގައި ކްލަބް ޓީނޭޖް އަދި މަހިބަދޫ ކްލަބްގެ ފޯރިގަދަ މެޗެއް!

ކްލަބް ޓީނޭޖް އިން މިއަދު 4 ޖަހާއިރު ގަލޮޅު ދަނޑުގައި މަހިބަދޫ އެސް.ސީ އާއި ދެކޮޅަށް ނުކުންނައިރު ޓީނޭޖްް ކްލަބަށް ވަނީ ވަރުގަދަ 4 ބޭރު ކުޅުންތެރިން ގެނެސް ފައެވެ. މިގޮތުން މިސްރުގެ ގައުމީ ޓީމަށް ކުޅޭ އަފީފީ އަދި އުޒްބަކިސްތާން ގެ ޑިފެންޑަރު ފުކްރާތަކީ ބަންގްލަދޭޝްގެ ފުރަތަމަ ޑިވިޝަން އަށް ކުޅޭ ކުޅުންތެރިންނެވެ. އަދި މިސްރުގެ މިޑްފީލްޑަރު އަހުމަދު އަކީ ލަންކާ ލީގް އަށް ކުޅޭކުޅުންތެރިއެކެވެ.

ފުރަތަމަ މެޗުގައި ކްލަބް ޓީނޭޖް އިން ގަދަފަދަ ނިއުރޭޑިއަންޓް އާއި ދެކޮޅަށް ކުޅެ ވަނީ ބަލިވިޔަސް 2-1 ރަނގަޅު ނަތީޖާ އެއް ނެރިދީފައެވެ. މިއަދު މަހިބަދޫ އާއި ދެކޮޅަށް ނުކުންނަ މެޗު ކާމިޔާބު ކުރަން ކްލަބް ޓީނޭޖް އޮތީ ވަރަށް ރަންގަޅު ފޯމްއެއްގައި ކަމަށް ކްލަބް ޓީނޭޖްގެ ޗެއަރމަން ހަމްދު އިރުވަރަށް ވިދާޅުވިއެވެ.

ދެވަނަ ޑިވިޝަންގެ ވާދަވެރިކަމާއި ފޯރި ދަނީ ވަރަށް ގަދަވަމުންނެވެ. އަދި ރީތި ފުޓްބޯޅައެއް ކުޅޭތަން ޓިމް ތަކުން ދައްކާދެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *