Ad

މޮންގޯލިއާއަށް މޭވާ އާއި ތަރުކާރީ އެންމެ ގިނައިން އެތެރެކުރަނީ ޗައިނާއިން!

މޮންގޯލިއާއަށް އެންމެ ގިނައިން މޭވާއާއި ތަރުކާރީ އެތެރެކުރަނީ ޗައިނާއިން ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ޗައިނާއިން މޮންގޯލިއާއަށް އެކްސްޕޯޓްކުރި މޭވާއާއި ތަރުކާރީގެ ޖުމްލަ ވިޔަފާރީގެ އަގު 48.96 މިލިއަން ޔުއާން (ގާތްގަނޑަކަށް 7.26 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ފެހި ޗެނަލެއް 2018 ވަނަ އަހަރު ތައާރަފްކުރުމާއިއެކު މޮންގޯލިއާގެ ސުފުރާތަކަށް ޗައިނާގެ ތަފާތު މޭވާއާއި ތަރުކާރީ އިތުވެގެންދިޔައެވެ. ފެހި ޗެނަލް ތައާރަފް ކުރުމުން ތާޒާ މޭވާއާއި ތަރުކާރީއަށް ހަލުވި ސްޕީޑެއްގައި ކަސްޓަމްސްގެ ތެރެއިން ޕްރޮސެސް ކުރުމުގެ ހުއްދަ ލިބިގެންދެއެވެ.

މޮންގޯލިއާގެ ބާޒާރުގައި ހިމެނޭ ތާޒާ މޭވާއާއި ތަރުކާރީގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ޗައިނާގެ އެކްޕޯޓެވެ.

ނަމަވެސް ކޮވިޑް-19 ފެތުރިގެން މިއަހަރުގެ ޖޫން މަހު މޮންގޯލިއާއަށް މޭވާއާއި ތަރުކާރީ އެކްސްޕޯޓްކުރުން ހުއްޓުނެވެ.

މޭވާ އާއި ތަރުކާރީ އެކްސްޕޯޓް ކުރުން އަލުން ފެށީ އެތައް ދުވަހެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *