Ad

ބޯހިޔާވަހިކަމާއި ގުޅޭ ކަންކަމުގައި ސަރުކާރުން ކައުންސިލް ބައިވެރިއެއް ނުކުރޭ- މާލޭގެ މީހުންނަށް ހާއްސަ ކޮށްގެން ހިލޭ ގޯތި ދިނުމަށް ސަރުކާރުގައި ކުރިން އެދިފައިވާނެ: މޭޔަރު މުޢިއްޒު

ބޯހިޔާވަހިކަމާއި ގުޅޭ ކަންކަމުގައި ސަރުކާރުން ކައުންސިލް ބައިވެރި ނުކުރާ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވައިފއެވެ.

މިމޭރުމުން މޭޔަރ ވާހަކަފުޅު ދެއްކެވީ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ. މޭޔަރު މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި ކައުންސިލް ބައިވެރި ކުރަންޖެހޭނެ ކަމަށް ޤާނޫނުގައި އޮތްނަމަވެސް ވަރަށް މަދު މިނިސްޓްރީއަކުން ނޫނީ ނުވަތަ އެހެން ކުންފުންޏަކުން ކުރާ އެއްވެސް މަޝްރޫއެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރިއެއް ނުކުރެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި މާލޭގެ މީހުންނަށް ހައްގު މިންވަރަށް ގޯތި ހޯދައި ދިނުމަށް ވަރަށް ގިނަ ފަހަރަށް ސަރުކާރުގައި އެދިފައިވާނެ ކަމަށާއި އަދި އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރާ އުސޫލުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ހާއްސަ ކޮށްގެން ހިލޭ ގޯތި ދިނުމަށް ސިޓީއަކުން ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ސަރުކާރުން ހުޅުވާލާފައިވާ ގޯތިތަކަށް އެޕްލައި ކުރަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ވާތީ އެކަމުގައި ދަތިތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ހުށަހެޅި ކަމަށާއި އެކަމަކު، އެކަމަށް ވެސް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.

އަދި ޚާއްސަކޮށް ގެދޮރުގެ މައްސަލަތަކުގައި ސަރުކާރުން މާލެ ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށާއި މިހާރު ހުޅުވާލާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގައި ވެސް ވަރަށް ބޮޑަށް އެ ކައުންސިލް ބައިވެރިވާން ބޭނުންވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *