Ad

މެންޗެސްޓަރ ސިޓީ ބަލިކޮށް ލިވަޕޫލުން ކޮމިއުނިޓީޝީލްޑް ކާމިޔާބުކޮއްފި

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެމިރޭޓްސް ޗެރިޓީ ޝީލްޑް މެޗް ލިވަޕޫލުން ކާމިޔާބުކޮއްފިއެވެ.

ލެސްޓަރސިޓީގެ ކިންގްސްޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ސިޓީގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓްގައި ލިވަޕޫލަށް ޖަހައިދިނީ މުޙައްމަދު ސަލާހުގެ ރީތި ޕާހަކުން ޑިފެންޑަރު އާނޯލްޑެވެ. ސިޓީން މެޗްގެ ނަތީޖާ ހަމަހަމަ ކުރީ 70 ވަނަ މިނެޓްގައެވެ. މި ލަނޑު ޖަހައިދިނީ މި ހިނގާ ޓަރާންސްފަރ މާރކެޓްގައި އެޓީމާ ގުޅުނު ޖޫލިއަން އަލްވަރެޒްއެވެ. އޭނާ މި ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެއެވެ. ލިވަޕޫލަށް 2 ވަނަ ފަހަރު ލީޑު ނަގައިދިނީ 83 ވަނަ މިނެޓްގައި މުޙައްމަދު ސަލާހެވެ، މިއީ ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ. ލިވަޕޫލްގެ 3 ވަނަ ލަނޑު މެޗްގެ އިތުރުވަގުތުގައި ޖަހައިދިނީ މި ފަހަރު އެޓީމާ އަލަށް ގުޅުނު އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒެވެ. މިއީ އެންޑީ ރޮބަޓްސަން ތަނަވަސްކޮއްދިން ފުރުސަތަކުން ނޫނޭޒް ބޮލުން ޖެހި ގޯލެކެވެ. ނޫނޭޒަކީ ސާޑިއޯ މާނޭ ނެތްތަން ފޫބައްދަން އެޓީމަށް ގެނައި ކުޅުންތެރިއެކެވެ.

މި މެޗްގައި މި ސީޒަންގައި ސިޓީއާ ގުޅުނު ހާލަންޑް ވަނީ ކުޅެފައެވެ. ނަމަވެސް ލިވަޕޫލްގެ ގޯލް ބެލެހެއްޓި އެ ޓީމްގެ 3 ވަނަ ކީޕަރު އެޑްރިއަންގެ ގޯލް ހާލަންޑަށް ފޫއަޅުވާ ނުލެވުނެވެ. އަނިޔާގެ ސަބަބުން ލިވަޕޫލްގެ 1 ނަމްބަރު ކީޕަރު އެލިސަން އާއި ފޯވާރޑް ޑިއެގޯ ޖޮޓާ މި މެޗްގައި ނުކުޅެއެވެ.

ކޮމިއުނިޓީ ޝީލްޑް މެޗަކީ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަނާއި އެފްއޭކަޕް ޗެމްޕިއަންގެ މެދުގައި ކުޅެވޭ މެޗެކެވެ. މިދިޔަ ސީޒަންގައި ސިޓީން ލީގު ޗެމްޕިއަންކަން ހޯދީ ލިވަޕޫލަށްވުރެ 1 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލިވަޕޫލަކީ މިދިޔަ އަހަރު ލީގު ކަޕާއި އެފްއޭކަޕްގެ ޗެމްޕިއަން ޓީމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *