Ad

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޤާސިމް ކަމަށް ބުނެ، ވާހަކަ ދައްކަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލިޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާހީމް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރު ނުރަސްމީކޮށް ވާހަކަ ދައްކަމުން ދަނިކޮށް، އެންމެ ރަނގަޅީ ޤާސިމް ކަމަށް ވިދާޅުވެ މެމްބަރަކު ޓްވިޓް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ދެން އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ ޓްވިޓް ކުރެއްވީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އެވެ. ނަޝީދުގެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެންމެ ރަނގަޅީ ގާސިމް ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ފަށާފައެވެ.

މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަން ކުރައްވާފައެވެ. އަދި މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަންވެސް ޤާސިމް ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފައިނޭންސް މިނިސްޓަރ ކަމާއި ހޯމް މިނިސްޓަރ ކަމާއި ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ގަވަރުނަރ ކަންވެސް ޤާސިމް ވަނީ ކުރައްވާފައެވެ.

2008 އަދި 2013 ގެ ރިޔާސީ އިންތިޚާބްގައި ޤާސިމް ވާދަކުރެއްވިއެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރައްވައިފި ނަމަ، އިންތިޚާބް ކާމިޔާބު ކުރުމުގެ ފުރުސަތު ޤާސިމަށް ވަރަށް ބޮޑުކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *