Ad

އެފްރިކާގެ ނައިޖަރ ގައި ދިވެހި އަމިއްލަ ޖަމިއްޔާއަކުން މިސްކިތެއް ބިނާކޮށްފި

ދަރުމައަށް މަސައްކަތްކުރަމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން" އިން ހުޅަނގު އެފްރިކާގެ ނައިޖަރ ގައި މިސްކިތެއް ބިނާކޮށްފިއެވެ. މަސްޖިދް އަންނާފިޢް ނަމުގައި މިމިސްކިތް މިހާވަނީ ހުޅުވާ ނަމާދުކުރަން ފަށާފައެވެ. މިކަން ހާމަކޮށްފައިވަނީ މި ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިރަށުގައި އަމިއްލަ ޖަމިއްޔާކުން މިސްކިތެއް ބިނާކުރި ފުރަތަމަ ފަހަރެވެ. 100 އިންސައްތަ ދިވެހިންގެ އެހީގައި، އަދި އެރަށުގައި އަމިއްލަ ޖަމިއްޔާއަަކުން ބިނާކުރި ފުރަތަމަ މިސްކިތުގެ ޝަރަފު ލިބިގެން މިދިޔައީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން އަށެވެ.

ވުޟޫކުރެވޭނެ އިންތިޒާމްގެ އިތުރުން އަންހެން ކަނބަލުންނާއި ފިރިހެން ބޭފުޅުންނަށް މިމިސްކިތުގައި ވަކިން ފާޚާނާ ވަނީ ގާއިމް ކުރެވިފައިވެއެވެ.
މިސްކިތުގެ އެތެރޭގައި 340 މީހުންނަށް ނަމާދުކުރެވެއެވެ. އަދި މިސްކިތުގެ ބޭރާއި އެކު 700 މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވޭނެއެވެ. މިސްކިތް ހުޅުވުނު ދުވަހުގެ ހުކުރު ނަމާދުގައި 700 އަށް ވުރެ ގިނަ މިމިސްކިތުގައި ހުކުރު ނަމާދުކޮށްފައިވާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންއިން ބުނެފައިވެއެވެ.

މި މިސްކިތުގެ ސަބަބުން މިހިސާބުގަނޑުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބިފަ ނެތް އެތައް ބަޔަކަށް އެ ފުރުސަތު ލިބިގެން ހިނގައްޖެއެވެ. މި މިސްކިތް އެޅުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ބޭފުޅުންނަށް މިނެއް ނެތި ހެޔޮ އަޖުރު މިންވަރު ކުރައްވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ދުއާ ކުރައްވާފއި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. الحمد لله ތިޔައީ ބަރަކާތްތެރި މަސައްކަތެއް. ތިޔަ ޖަމުޢިއްގެ އެންމެންނަށް ދާއިމީ ސަވާބު ދެއްވާށިއެވެ. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *