ތުރުކީގެ އުފެއްދުމެއް ކަމަށްވާ ލެލާސް ސެންޓަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްކެވެ. ދާދި ފަހުން މި ސެންޓް މިވަނީ ރައްޖެއަށް ތަޢާރަފްކޮއްފައެވެ. މި ސެންޓް ރާއްޖެއަށް ތަޢާރަފްކޮށް މުޅި ޤައުމަށް ލެލާސްގެ މީރުވަސް ދުއްވާލަދިނީ ޒުވާން ކަނބަލެކެވެ. ޒުވާނުންގެ މެދުގައި މަޤްބޫލް ލޭޑީސް އެމްވީގެ ވެރިޔާ މަރްޔަމް ޝިމްނާއެވެ. ޝިމްނާއަކީ ކާމިޔާބު ވިޔަފާރިވެއެވެ. އިރުވަރު ނޫހުގެ މިފަހަރު އިންޓަރވިއު ޚާއްޞަ ކޮއްލަނީ ޝިމްނާއަށެވެ. ޝައުޤުވެރި އެތައް ވާހަކަތަކެއް ޝިމްނާ ވަނީ ހިއްސާކޮއްފައެވެ. ގޮންޖެހުންތައް ގިރާކުރުމަށްފަހު ކާމިޔާބީއަށް ވާސިލްވި ގޮތުގެ ވާހަކައެވެ.
މީ ކިިހިނެއް ފެށުނު ވިޔަފާރިއެއް؟
ލޭޑީސް އެމްވީއަކީ އޭރު މިހާ ފުޅާ ވާނެ ކަމަށް ވިސްނައިގެން ފެށި ކަމެއް ނޫން. އޭރުގަ ޕްރެގްވީމަ އަޅުގަނޑު ބެލީ ގޭގައި އިނދެގެން ލާރި ހޯދޭނެ ގޮތެއް. އައި ސްޓާޓެޑް ދިސް ބިޒްނަސް ހަމަ ވަރަށް ކުޑަ އެއްޗަކުން. ލައިކް 2500 ވަރަކަަށް ރުފިޔާއިން ފެށީ. އޭރު އަލި އެކްސްޕްރެސްއިން އެއްޗެހި ގެންނަނީވެސް 1 ޑޮލަރު 2 ޑޮލަރުގެ އެއްޗެހި. ދެން ފަހުން މެލޭޝިއާއަށް ގޮސްގެން އެއްޗެހި ގެންނަން ފެށީ. ކަސްޓަމަރުންގެ މެދުގައި ވަރަށް މަޤްބޫލް އެއްޗެއް ކޮލާޖަން އަކީ. އެންމެ ފުރަތަމަ ކޮލާޖަން ރާއްޖެ ގެނެސްގެން ވިއްކަން ފެށީވެސް އަޅުގަނޑު. ވަރަށް ގިނަ މީހުންނަށް އެނގޭނެ ކޮލާޖަންއޭ ބުނީމަ. ލޭޑީސް އެމްވީގެ ކޮސްމެޓިކްސް ފެށުނީ މެލޭޝިއާގެ މި ދެންނެވި ޕްރޮޑަކްޓް ތަކުން. ދެން މަޑުމަޑުން ވިޔަފާރި ފުޅާކުރަމުން އައީ. އިޓް ވޯޒް ނޮޓް އީޒީ އަސްލު. ދެން އެމްއެންޔޫން އެކައުންޓުން ޑިގްރީ ކޯސް ނިމުނު އިރު ވިހައިގެން އުޅޭނީވެސް. އޭރުގަ ދިޔައިން ޖޮބް އަކަށްވެސް. އެކަމަކު ބޭބީއަށް ޓައިމް ނުދެވޭތީ ހިތަށް އެރީ ވަޒީފާއިން ކެނޑިގެން ގޭގައި ދަރިފުޅު ބަލަމުން ބިޒްނަސްއަށް ކޮންސަންޓްރޭޓް ކުރާނީއޭ. ދެން ވަރަށް ޓައިމް ދީގެން މަޑުމަޑުން ވިޔަފާރި ފުޅާވަމުން އައީ މިވީ 8 އަހަރު ތެރޭގައި. މިހާރު ލޭޑީސް އެމްވީގެ 2 ފިހާރަ މާލޭގަ މިހާރު ހުންނާނެ. 1 ފިހާރަ ހުންނާނެ ގަލޮޅު ކެލަމް ފިހާރައާ ޖެހިގެން ބުރުޒުމަގުގަ. އަނެއް ފިހާރަ ހުންނާނެ މަޖީދީ މަގު މާފަންނު މާޒިޔާ ޓްރޭޑް ކުރިމަތީގަ.
މިއީ ރާއްޖޭގައި ކިހާވަރަކަށް ފުރުޞަތުއޮތް ކަމެއް؟
އަސްލު އޮނަސްޓްކޮށް ބުނަންޏާ ވަރަށް އުނދަގޫ ކަމެއް މީ. ނޮޓް އޮންލީ ފައިނޭންސް. ކޮމްޕެޓިޓިވް މާރކެޓެއްގަވީމަ ވަރަށް ގިނަ ޗެލެންޖެސްތަކާ ކުރިމަތިވޭ. އެކަމަކު މިއީ ފުރުޞަތު އޮތް ކަމެއް. ކޮންމެ ކުއްޖަކަށްވެސް ފެށޭނެ. މިހާރު ވަރަށް އާންމުވެސް ވެއްޖެ. އޮންލައިންކޮށް އެކިއެކި ކުދިކުދި ވިޔަފާރި އެބަކުރޭ. އެހެންވީމަ މިއީ ފުރުޞަތު އޮތް ކަމެއް. ކެރިގެން ކުރިމަތިލާންވީ ހަމަ.
އެންމެ ޝައުޤުވެރިކަން ހުންނަނީ ކޮންކަހަލަ ޕްރޮޑަކްޓްތަކަށް؟
ޝިމް އަބަދުވެސް ކޮންސަންޓްރޭޓް ކުރަނީ ރާއްޖެއިން ނުލިބޭ ޕްރަޑަކްޓްތައް ގެންނަން. ބޮޑަށް ހަމަ އަންހެނުންނަށް ދިމާވާ އިޝޫސްތަކަށް ހައްލު ލިބޭނެ ކަހަލަ ޕްރޮޑަކްޓްތަކަށް ހޯދަން ވަރަށް ބަލަން. ހަމަ އެންމެ ބޮޑަށް ބަލަނީ ރާއްޖެއިން ލިބެން ނުހުންނަ މުޅިން އާ ޕްރޮޑަކްޓްތައް ތަޢާރަފްކުރަން. މިހާރު ވެސް ޝޮޕްގަ ހުރި 90 ޕަސެންޓް ޕްރޮޑަކްޓް އަކީ ރާއްޖެއަށް މުޅިން އާ ޕްރޮޑަކްޓް ތަކެކޭ ބުނެވިދާނެ.
މުޅި ރާއްޖެއަށް ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުން ގެންގުޅެންތަ؟
ރާއްޖޭގެ މިހާރުވެސް 63 ރަށެއްގަ އުޅޭނެ އަޅުގަނޑު ހަޔާކޮއްފަތިބި އެޖެންޓުން. އަޅުގަނޑުގެ ޕްރޮޑަކްޓްތައް އެމީހުންނަށް ފޮނުވާފަ ހުންނާނީ ކްރެޑިޓަށް. ވިއްކާފަ ލާރި ފޮނުވާގޮތަށް. އެއީ އަންހެން ކުދިން ގޭގައި ތިބެގެން ލާރި ހޯދަން ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަ. ކޮލާޖަންގެ ޕްރޮޑަކްޓްތައް ގިނައިން ރަށްރަށުގަ އުޅޭނީ. ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަސްލު. ލޭޑީސް އެމްވީގެ ޕޭޖުން ބޭނުންވާ ޕްރޮޑަކްޓެއް އޯޑަރ ކޮއްލައިގެން ރަށުގަ ހުންނަ އެޖެންޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ހުންނާނީ ހަމަޖައްސާފަ، އަދިވެސް މި މަސައްކަތް ކުރަނީ އިތުރު ރަށްރަށުން އެޖެންޓުން ނަގައިގެން އަޅުގަނޑުގެ ޕްރޮޑަކްޓްތައް ވީހާވެސް ފަސޭހައިން ގިނަ ރަށްރަށުން ލިބޭނެ އިންތިޒާމް ހަމަޖައްސަން.
ހުރި ގޮންޖެހުން ތަކަކީ ކޮބާ؟
އެންމެ އުނދަގޫ ކަމަކީ އަސްލު ފައިނޭންސް ދޯ، ލޯނެއް އެއްޗެއް ހޯދަންވެސް ވަރަށް އުނދަގޫ. ވަރަށް ފަހުންވެސް ވަރަށް ޓްރައި ކުރިން ބޭންކުންވެސް ލޯނެއް ލިބޭތޯ. އޭގަވެސް ވާގޮތަކީ އަމިއްލަ ވިޔަފާރިއެއް އިނަސްވެސް އަމިއްލަ ވިޔަފާރިއަށް ސެލަރީ ޖަމާކުރިޔަސް މިހާރު ނުލިބެޔޯ ލޯނެއްވެސް. ސޯ ވިޔަފާރި ފުޅާކުރަން އެންމެ ބޮޑު ގޮންޖެހުމަކަށް އިންނަނީ އެ. އަދި ވަރަށް ބޮޑު އުނދަގުލެއް އެހާ މަސައްކަތުން ހޯދައިގެން ގެންނަ ޕްރޮޑަކްޓް ފިހާރައަށް ގެނެސްގެން ވިއްކަން ފެށީމަ އެހެން ބަޔަކު އައިއްސަ، ކޮންޕެޓިޓާސް އައިއްސަ އޭތި މި ގެންނަނީ. އެއް ބަޔަކު ކުރިއަރައިގެން ދާތީ އެބަޔަކު ވައްޓާލާފަ ކުރިއަށްދާން އުޅެނީ. މި ވިސްނުން ގެންގުޅޭތީ އަސްލު ވަރަށް އުނދަގޫވޭ. ބަރަށް ބައިވަރު ރިސާޗްތަކެއް ހަދައިގެން ޕްރޮޑަކްޓެއް ގެންނައިރަށް ކޮންޕެޓިޓާސް މި ކޮޕީ ކޮއްލަނީ. ވަރަށް ސްޓްރެސްވާ ކަމެއް އެއީ. މިހާރުވެސް އެބައުޅޭ އަޅުގަނޑު ގެންނަ ކޮންމެ ޕްރޮޑަކްޓެއް ގެނެސްގެން ވިއްކާ ބަޔަކު.
މިއީ އެހެން ކުދިންނަށްވެސް ފެށިދާނެ ކަމެއްތަ؟
ޔެސް. މިއީ ވަރަށް ފަސޭހަ ކަމެއް. ކޮންމެ ކުއްޖަކަށްވެސް ހަމަ ފެށިދާނެ ކަމެއް. ފަށައިގަންނައިރު އުނދަގޫވެދޭނެ، ކުރިއަށްދާއިރުވެސް އުނދަގޫ ވެދާނެ، އެކަމަކު ހިއްވަރާއެކު ކުރިއަށް ދިޔައީމަ ކާމިޔާބު ވާނެ. އެކަމަކު އަޅުގަނޑު ދަންނަވާނީ ކޮންމެ ކުއްޖަކުވެސް އަލަށް ފަށާއިރު އާ ވައްްތަރެއް، އަމިއްލަ ޕްރޮޑަކްޓަކުން ފަށާށޭ. އެއީ ވަރަށް މުހިންމު ކަމެއް.
ކޮންބައެއްގެ ސަޕޯޓް އެންމެ ބޮޑަށް ލިބެނީ؟
ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ފެމެލީގެ ފަރާތުން. ސިބްލިންގެ ފަރާތުން. ޚާއްޞަކޮށް މަންމަގެ ފަރާތުން. ހަމަ ވަރަށް ކުޑަ ވިޔަފާރިއަކުން ފެށި ކަމެއް މިވީ 8 އަހަރު ތެރޭގަ ވަރަށް ގިނަ ބަޔަކުގެ ސަޕޯޓާއެކު މިހިސާބަށް އާދެވިފަ މިހިރީ. ކައިރީގަ އުޅުނު ރައްޓެހިންގެ ފަރާތުންވެސް ވަރަށް ބޮޑު ޝަޕޯޓެއް ލިބުނު. ދެން ޝިމް ފާހަގަ ކޮށްލަން ބޭނުން ޝިމްގެ އޭރުގެ ހަޒްބެންޑްގެ ފަރާތުން ލިބުނު ސަޕޯޓް. އޭރުގެ ފިރިމީހާގެ ފަރާތުން ވަރަށް ބޮޑަށް ސަޕޯޓް ލިބުނު ކުރިއަށްދާން. ދެން ވަރަށް ބޮޑު ސްޓަގަލްއެއް ކޮއްގެން މިހިސާބަށް އާދެވުނީ. ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
2 Responses
ވިޔަފާރިއަށް ކާމިޔާބަށް އެދެން.ވަރަށް ރަގަޅު ސިފައެއް ތިމާއަށް ހެލްޕްވެދިން މީހުންގެ އަގު ވަޒަންކުރުން.މިކަހަލަ ޕަބްލިކް އިންޓަވިއުއެއްގަ އެކަން ޝިމް ކޮށްފި.ހާއްސަކޮށް އޭރުގެ ފިރިމީހާ ގެ އެހީތެރިކަން ފާހަގަކޮށްފި.
ގިނަ ފަހަރު ވާގޮތަކީ ދެމަފިރިން ވަކިވީމަ ދެން އެކަކު އަނެކަކަށް ކޮށްދިން ރަގަޅު އެންމެ ކަމެއްވެސް ނޯންނަނީ.އެކަމަކު ޝިމް ވަރަށް ސަޅި އެކަން ފާހަގަކޮށްފި.
ނޯޓު: އަހަރެން ޕާސަނަލީ ދަންނަ މީހެއް ނޫން މިބޭފުޅާއަކީ
ދެން ޝިމް ފާހަގަ ކޮށްލަން ބޭނުން ޝިމްގެ އޭރުގެ ހަޒްބެންޑްގެ ފަރާތުން ލިބުނު ސަޕޯޓް. އޭރުގެ ފިރިމީހާގެ ފަރާތުން ވަރަށް ބޮޑަށް ސަޕޯޓް ލިބުނު ކުރިއަށްދާން.
ވިޔަފާރި ފުޅާވީމަ ފިރިމީހާއަށް ކިިހިނެއްތޯވީ؟؟؟؟؟